ކުރިންވެސް، ދެންވެސް ރާއްޖެ ކުރިއަށް ދާނީ ގައުމީ އަދި އިސްލާމީ ވިސްނުމުގައި: ރައީސް މައުމޫން

ވޭތުވެދިޔަ ދިގު މުއްދަތުގައިވެސް ރާއްޖެ ކުރިއަށް ދިޔައީ ގައުމީ އަދި އިސްލާމީ ވިސްނުމުގައި ކަމަށާއި މުސްތަގުބަލުގައި ވެސް ކުރިއަށްދާނީ އެގޮތުގައި ކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ އާއި ސަރުކާރާ ގުޅިފައިވާ ކޯލިޝަންތަކުގައި ތިބީ އިސްލާމް ދީނާ ދެކޮޅު ވިސްނުމެއް ގެންގުޅޭ ބައެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
މިކަމާ ގުޅުވައިގެން ރައީސް މައުމޫން ވިދާޅުވީ ރާއްޖެ ވޭތުވެދިޔަ މުއްދަތުގައިވެސް ކުރިއަށް ދިޔައީ ގައުމީ އަދި އިސްލާމީ ވިސްނުމުގައި ކަމަށާއި ކުރިއަށް އޮތް މުސަތަގުބަލުގައިވެސް ރާއްޖެ ކުރިއަށްދާނީ ގައުމީ އަދި އިސްލާމީ ވިސްނުމުގައި ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޯ މަތިވެފައިވާ އިރު، އިދިކޮޅު ފަރާތްތަކުން ދަނީ އިސްލާމް ދީނާއި ދިވެހިރާއްޖެ ދެކެ ލޯބިވާ ބަޔަކު އެމްޑީޕީ އަދި ސަރުކާރު ކޯލިޝަން ތެރޭގައި ހިމެނޭ އެއްވެސް ޕާޓީއަކަށް ވޯޓު ނުދިނުމަށް ރައްޔިތުންނަށް ގޮވާލަމުންނެވެ.
ނަމަވެސް އިދިކޮޅުން ކުރާ ތުހުމަތުތައް ސަރުކާރާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކުން ވަނީ ދޮގުކޮށްފަ އެވެ. އަދި ރާއްޖޭގައި އިސްލާމް ދީނާ ދެކޮޅު އެއްވެސް ހަރަކާތެއް ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ