ރާއްޖެ ކުރިއަށްދާނީ ގައުމީ އަދި އިސްލާމީ ވިސްނުމުގައި: މައުމޫން
މުސްތަގްބަލްގައި ވެސް އިރާދަ ކުރެއްވިއްޖެއްޔާ ރާއްޖެ ކުރިޔަށްދާނީ ގައުމީ އިސްލާމީ ވިސްނުމުގައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ރާއްޖެ ވޭތުވެދިޔަ ތަނުގައި ކުރިއަށް ދިޔައީ އިސްލާމީ ވިސްނުމުގެ އިތުރުން ގައުމީ ވިސްނުމެއްގައެވެ. އަދި މުސްތަގުބަލުގައި ވެސް ރާއްޖެ ކުރިއަށް ދާނީ އިސްލާމީ ވިސްނުމުގެ އިތުރުން ގައުމީ ވިސްނުމެއްގައި ކަމަށް ވިދާޅުވިއެވެ.ރައީސް މައުމޫން މިހެން ވިދާޅުވެފަ އިމިވަނީ، ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް ސިޔާސީ ބަޔަކު ވެސް އަޑީގައި ތިބެގެން މަސައްކަތް ކުރާ ކަމުގެ އަޑުތައް ގަދަވެފައި އޮންނަތާ އެތައް އަހަރަކަށް ދެމެމުން ދަނިކޮށެވެ.ރައީސް މައުމޫން މިފަދައިން ޓްވީޓްކުރެއްވި ނަމަވެސް މިކަމާއި ގުޅިގެން އިތުރުއެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އެހެންނަމަވެސް އިދިކޮޅުން އަބަދުވެސް އެމްޑީޕީއަށް ދީނާ ދުރު ފިކުރުތައް ގެންގުޅޭކަމަށް ތުހުމަތުކުރެއެވެ.ހަައްދުފަހަނައެޅި ހަރުކަށި އެމްޑީއެންގެ ރިޕޯޓު ނެރުނު މީހުންނާއި މެދު ފިޔަވަޅެއް އަޅާފައި ނުވާ މައްސަލަ އާއި ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަ ކުރަމުންދާ ދިއުމާ ހެދި ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންނާއި އާންމު ރައްޔިތުން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ