މޫސުން ގޯސްވެ، ކ އިން ވ އަށް ޔެލޯ އެލާޓު ނެރެފި

މޫސުން ގޯސްވެ، ކ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ މިރޭ 22:15 އިން 00:15 އާ ހަމައަށް ކ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ. ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލު ވުމަށް މެޓުން އިލްތިމާސް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ