އެމްޑީޕީ މިލަންދޫ ދާއިރާގެ ރައީސްކަމަށް އަހްމަދު ނިޔާޒު ވާދަ ކުރަނީ

އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަވަން، ގައުމީ މަޖިލީހުގެ މިލަންދޫ ދާއިރާގެ ރައީސްކަމަށް އަހްމަދު ނިޔާޒު ވާދަކުރައްވަން ނިންމަވައިފި އެވެ. ށ. މިލަންދޫއަށް އުފަން އުމުރުން 31 އަހަރުގެ އަހްމަދު ނިޔާޒުއަކީ، އެމްޑީޕީ ފެށުނީއްސުރެ އެ ޕާޓީގެ ހަރަކާތްތަކުގައި އެ ދާއިރާގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ. އެގޮތުން 2005 ވަނަ އަހަރު ޕާޓީ ވުޖޫދުވި ފަހުން ބޭއްވި އިންތިހާބުތަކުގައި އެ ޕާޓީއަށް އެތަށް ގޮތަކުން އެހީތެރިކަން ފޯރުކޮށްދީ، އަމަލީ ގޮތުން ބައިވެރިވެފައިވެ އެވެ. މިލަންދޫ ދާއިރާގެ އެންމެހާ ލޮބުވެތި އެމްޑީޕީގެ މެމްބަރުން އަޅުގަނޑަށް ތާއީދު ކޮށްދެއްވާ، އެއްބާރުލުން ދެއްވުމަކީ ވަރަށް ބޮޑޮ އެދުމެކެވެ. Posted by Ahmed Niyaz on Thursday, 15 April 2021 އިކޮނޮމިކް މިނިސްޓްރީގެ ސީނިޔަ ޕޮލިސީ ޑިރެކްޓަރު މަގާމު ފުރުއްވަމުން ގެންދަވާ ނިޔާޒު ވިދާޅުވީ، އެމްޑީޕީ މިލަންދޫ ދާއިރާއަށް އޭނާގެ ތަސައްވަރެއް އެބަ އޮތެވެ. އެގޮތުން އެމްޑީޕީގެ ކުރިއަށް ހުރި ހަރަކާތްތަކުގައި މިލަންދޫ ދާއިރާއަކީ، އަޑުއިއްވޭ، ހަރުދަނާ ދާއިރާއަކަށް ހައްދަވާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ. އޭގެ އިތުރުން ދާއިރާގެ ގޮފިތައް ވަރުގަދަކޮށް، އެ ގޮފިތަކަށް މާލީ ބާރުވެރިކަން ދޭނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ. https://twitter.com/AhmdNiyax/status/1385904037887758337 މިލަންދޫ ދާއިރާ ހިމެނޭ މިލަންދޫ، ފީވަށް އަދި ނަރުދޫގެ އެމްޑީޕީގެ މެމްބަރުންގެ ފަރާތުން ނިޔާޒު އެދެނީ އޭނާއަށް ތާއީދުކޮށްދެއްވައި، ވޯޓު ދެއްވުމަށެވެ. އެ ދާއިރާއަށް 1،200 އަށްވުރެ ގިނަ މެމްބަރުންނަށް ވޯޓު ލެވެ އެވެ. އެމްޑީޕީ އިންތިހާބަށް ކުރިމަތިލުމަށް މިއަދު ހުޅުވާލި އިރު، އިންތިހާބުގެ ވޯޓުލުން އޮތީ އަންނަ މަހު 29 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ