ރެޑްވޭވުގެ އިލެކްޓްރޯނިކްސް އައިޓަމްތަކާ އެކު ކަރަންޓު ބިލަށް ލުޔެއް

ގޭގޭގެ ކަރަންޓު ބިލު ބޮޑުވެ، އަތް ނުފޯރާ ހިސާބަށް ދާ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދީ، ކަރަންޓު ބިލު ކުޑަކޮށްދޭނެ ހައްލެއް ރެޑްވޭވުން ގެނެސްދީފި އެވެ. ރެޑްވޭވުން ބުނީ ކަރަންޓު ބިލު ބޮޑުވާ މައްސަލައަށް ހައްލެއް ގެނެސްދީ ކަރަންޓު ބިލު 30 ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ކުޑަވެގެންދާނެ ހައްލެއް ގެނެސްފައިވާ ކަމަށެވެ. އެއީ ރެޑްވޭވުން ވިއްކާ ހައިސެންސް އަދި ޝާޕް ބްރޭންޑުގެ އޭސީ، ޝާޕް ރެފްރިޖެރޭޓަރު އަދި ޝާޕް ފްރަންޓްލޯޑް ދޮންނަ މެޝިން ކަމަށާއި އެ އައިޓަމްތަކުގައި ބޭނުންކޮށްފައިވާ، ކަރަންޓު ހަރަދު ކުޑަކޮށްދޭ އިންވަޓާ ޓެކްނޮލަޖީ އާއެކު ކަރަންޓު ބިލަށް އަރާ މިންވަރު ކުޑަކޮށްދޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ. ރެޑްވޭވުން ވިއްކާ އިލެކްޓްރޯނިކްސް އައިޓަމްތައް --- ފޮޓޯ: ރެޑްވޭވް އިންވާޓާ ޓެކްނޮލޮޖީއަކީ ރެފްރިޖެރޭޓާ އަދި އެއާ ކޮންޑިޝަނާ ފަދަ ތަކެތީގައި ޑައިރެކްޓް ކަރަންޓް (ޑީސީ) އޮލްޓަނޭޓިން ކަރަންޓް (އޭސީ) އަށް ބަދަލުކޮށްދޭ ނިޒާމެކެވެ. މި ޓެކްނޮލޮޖީއަކީ އޭގެ ސަބަބުން ކަރަންޓު ހަރަދު ވަރަށް ބޮޑަށް ކުޑަކޮށްދޭ ޓެކްނޮލަޖީ އެކެވެ. ރެޑްވޭވް އިން ވިއްކާ އިންވާޓާގެ ތަފާތަކީ ޖަޕާންގެ ޓެކްނޮލޮޖީ އިން މިއިންވާޓާ ފައްކާކުރެވިފައިވުން ކަމަށް އެ ކުންފުނިން ބުންޏެވެ. ބާޒާރުގެ އަގުތަކާއި އަޅާބަލާއިރު ވަރަށް ހާއްސަ އަގުތަކެއްގައި އިންވާޓަރ އޭސީ، ދޮންނަމެޝިން އަދި ރެފްރިޖެރޭޓަރު ރެޑްވޭވްއިން ލިބެން ހުންނާނެ އެވެ. ރެޑްވޭވުން ވިއްކާ އިލެކްޓްރޯނިކްސް އައިޓަމްތައް --- ފޮޓޯ: ރެޑްވޭވް ކަރަންޓު ބިލަށް ޖީބުން ކުރާ ހަރަދު ކުޑަވުމަކީ ދާއިމީ ގޮތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފައިދާއެއް ކަމަށް ރެޑްވޭވުން ބުނންޏެވެ. ރެޑްވޭވުން ދަނީ ރަމަޟާން މަހާ ދިމާކޮށް ހާއްސަ ސޭލެއްވެސް ކުރިއަށް ގެންދަމުންނެވެ. ރެޑްވޭވްގެއައިޓަމްތައް ހޯލްސޭލްކޮށްވެސް ވަރަށް ހާއްސަ އަގުތަކެއްގައި ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ