އެޗްޕީއޭގެ އެންގުން ތަންފީޒްކޮށް، މުޒާހަރާކުރާ މީހުން ހައްޔަރުކުރަން ފަށައިފި

އިދިކޮޅުން މިއަދު މާލޭގައި ބާއްވަން މަސައްކަތްކުރާ އެއްވުން ނުފަށަނީސް، އެއްވުން އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު ބައެއް މީހުން ހައްޔަރު ކޮށްފިއެވެ.މުޒާހަރާގެ ވަގުތާއި ދިމާކޮށް، ފުލުހުން ވަނީ ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު އެއްކޮށް ބަންދުކޮށްފަ އެވެ. އަދި އެ ސަރަހައްދުގައި އެއްވުމަށް މަސައްކަތްކުރާ މީހުން ހައްޔަރުކުރަން ފަށާފައިވެއެވެ. ހައްޔަރުކުރި އަދަދު އަދި ސާފުވާގޮތްވެފައެއް ނުވެ އެވެ.ދިވެހިރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރެފައިވާ އިއުލާން ނަންބަރު 2021/07 ގައި 2021 ފެބްރުއަރީ 13 ވަނަ ދުވަހުން ފެށިގެން، ވަކި ގޮތެއް އަނގަންދެން، މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމުތަންތަނަށް އެއްވެ އުޅުން ހުއްޓައިލުމަށް ވަނީ އަންގާފައެވެ.ފުލުހުން ބުނީ މިފަދަ ގާނޫނާއި ގަވައިދާ ހިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ހުރިހާ ބޭފުޅުންވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރައްވައި ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓެވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.މި އެންގުންތަކާއި ހިލާފާށް އިދިކޮޅުން އަންނަނީ މާލޭގެ މަގުމަތީގައި މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާތަކުގައި މީހުން ހައްޔަރު ކުރަން މިހާރު ފުލުހުން ވަނީ ފަށާފައެވެ. އެހެންނަމަވެސް، ހައްޔަރު ކުރެވުނު މީހުންގެ އަދަދެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.ފުލުހުން ތުހުމަތުކުރާ ގޮތުގައި މުހައްމަދު އިސްމާއިލާއި ކާނަލް ނަޝީދަކީ އެއްވުން ރޭވުމުގައި އިސްކޮށް ތިއްބެވި ދެ ބޭފުޅުންނެވެ.މީގެ އިތުރުން މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)ވެސް މަޖީދީ މަގުން ހައްޔަރު ކޮށްފައިވާ ކަމަށް އިދިކޮޅުން ބުންޏެވެ. އެކި ސަރަހައްދުތަކަށް ބެހިގެން ކުރާ މުޒާހަރާ ހުއްޓުވަން ފުލުހުން އަންނަނީ އާއްމު މެމްބަރުން ވެސް ހައްޔަރުކުރަމުންނެވެ. ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި ދެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ޕީޕީއެމް އޮފީސް ދޮރުމަތިން ކަމަށެވެ. މި ދެ ބޭފުޅުން ހައްޔަރުކުރީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހަވެރި މުޒާހަރާ ނުފަށަނީސް ކަމަށް ހީނާ ވިދާޅުވި އެވެ."ފުލުހުން ދަނީ ޕާޓީ އޮފީހަށާއި ކައިރީ ރެސްޓޯރަންޓުތަކަށް ވަންނަ މީހުންނަށް ވެސް ހުރަސް އަޅަމުން،" ހީނާ ވިދާޅުވި އެވެ.ފުލުހުން ބުނިގޮތުގައި ދެ މީހަކު ހައްޔަރުކުރީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް އަދި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް ކުރިއަށް ގެންދަން މަސައްކަތްކުރާ އެއްވުމެއް ބޭއްވިޔަ ނުދިނުމުގެ ބޭނުމުގަަ އެވެ.މާލޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރޭތީ އެޗްޕީއޭ އިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފަށް މަގުތަކަށް ނުކުމެއްޖެ ނަމަ ހުއްޓުވާނެ ކަމުގެ އިންޒާރު ފުލުހުންނާއި ހޯމް މިނިސްޓްރީން ވެސް އޮތީ ދީފަ އެވެ.އެއްވުންތަކަށް ފުރުސަތު ދޭން ނިންމާފައިވަނީ ރާއްޖޭގައި ކޮވިޑްގެ ނުރައްކާ ވަރަށް ބޮޑުވެފައިވާތީއެވެ. އިއްޔެވެސް 184 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ