ދިރާގު ޓީވީ އަލިފުއްޓަށް

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތް ރ. އަލިފުށީގައި އިފްތިތާހްކޮށްފި އެވެ.އަލިފުށީގައި ދިރާގު ޓީވީގެ ހިދުމަތް ފަށައިފައި މިވަނީ ސިނަމާޗީގެ އާ ޗެނެލްތަކާ އެކު ގޯލްޑް ޕެކެއް ތައާރަފްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.އަލަށް ތައާރަފް ކުރި ގޯލްޑް ޕެކް 450ރ. އަށް ލިބޭއިރު ދިރާގު ޓީވީ ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ވެސް މިހާރު ކުރިޔަށް ދެއެވެ. އެ ޕްރޮމޯޝަނުގެ ދަށުން ދިރާގު ފިކްސް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީ ހިލޭ ގުޅައިދީ ޑީކޯޑަރު ވެސް ހިލޭ ދެއެވެ. ދިރާގުގެ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ ދިރާގުން މަސައްކަތް ކުރަމުން ދަނީ ވީހާވެސް ގިނަ ބަޔަކަށް ދިރާގު ޓީވީ މެދުވެރިކޮށް ހައި ކޮލިޓީ ޗެނަލްތައް ބަލާލުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ."އަޅުގަނޑުމެން އުންމީދު މިކުރަނީ އަލިފުށީގައި ދިރިއުޅޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމެއް ގެނެސްދީ ދިރާގުޓީވީ މެދުވެރިކޮށް މުނިފޫހިފިލުވުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭގެންދާނެކަމަށް،" އޭނާ ވިދާޅުވި އެވެ.ދިރާގުން ބުނީ ދިރާގުޓީވީގެ ގޯލްޑް ޕެކް މެދުވެރިކޮށް 450 ރުފިޔާއަށް 100 އަށްވުރެ ގިނަ ކޮލިޓީ ޗެނަލްތައް ބެލޭނެ ކަމަށެވެ. އެ ޕެކުގައި ހިމެނޭ ސިނެމާޗީ ޗެނަލްތަކުގެ ތެރޭގައި ސިނެމާޗީ އެކްޝަން، ސިނެމާޗީ ރޮމޭންސް، ސިނެމާޗީ ކޮމެޑީ، ސިނެމާޗީ ޑްރާމާ އަދި ސިނެމާޗީ ކްރައިމް ހިމެނެ އެވެ. އަދި އެ ޗެނަލްތައް ދިރާގުޕްލޭ އެޕްގެ ޕްލޭމޯ ޕެކޭޖު މެދުވެރިކޮށްވެސް ފެންނާނެ ކަމަށް ދިރާގުން ބުންޏެވެ.އޭގެ އިތުރުން، މޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް (ޑީކޯޑަރު) މުޅިން ހިލޭ ލިބޭނެ އެވެ.ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ ސްޕޯޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ