ކުދިން ސްކުލަށް ދާއިރު، ކޮނޑުގައި އަޅުވައިގެން ހުންނަން ކުއްޖާއަށް ދަތިވާ ވަރަށް ދަބަސް ބަރުކޮށް ހުންނަތަން ފާހަކުރެވެއެވެ. މިއީ ގްރޭޑް ސްކޫލް ފެށޭ ހިސާބުން ފެންނަން ފަށާ ކަމެކެވެ.
އިންޑިއާގެ މަހަރަސްތާ ސްޓޭޓުން މިވަނީ ސްކޫލް ދަރިވަރުންގެ ދަބަސް ބަރުވާ މައްސަލަައަށް ހައްލެއް ހޯދާފައެވެ. މިގޮތުން އެ ހިސާބުގެ ސަރުކާރުން ވަނީ ސްކޫލް ކުދިންގެ ދަބަހުގެ ބަރުދަން އެކުދިންގެ ބަރުދަނަށްވުރެ 10 ޕަސެންޓަށް ވުރެ ބަރު ނުކުރަން އަންގައިފައެވެ.
އަދި އުމުރުން 5 އަހަރުން ދަށުގެ ކުދިން ސްކޫލަށް ފޮނުވާއިރު ދަބަހުގެ ބަރުމިން ބެލުމަށްފަހު ސްކޫލަށް ފޮނުވުމަށްވެސް މި އެންގުމުގައި ވެއެވެ. އަދި މިކުދިންގެ ދަބަހުގެ ބަރުމިން ސްކޫލުންވެސް ބަލާނެކަމަށް ވެއެވެ.
ގްރޭޑް 8 ގައި ކިޔަވާ ދަރިވަރުންގެ ދަބަހުގެ ބަރުމިނުގައި ގިނަވެގެން ހުންނަން ޖެހޭނީ 4.2 ކިލޯ ކަމަށް މި ނިންމުމުގައި ވާއިރު، މިފަދަ ނިންމުމެއް ނިންމަން ޖެހުނީ މިއީ ކުދިންނަށް ސިއްޙީ ގޮތުން ގިނަ ގެއްލުންތަކެއް ކުރިމަތިވާ ކަމަކަށްވާތީ ކަމަށް މަހަރަސްތާ ސްޓޭޓްގެ އެޑިއުކޭޝަން ސެކްރެޓަރީ ނާންދު ކުމާރު ވިދާޅުވިއެވެ.
ކުދިން ސްކޫލަށް ދާއިރު ރަނގަޅަށް ދަބަސް ޗެކްކޮށް ސްކޫލަށް ބޭނުން ނުވާތަކެތި ގެންދިޔުން ހުއްޓުމުމަށް މި އެންގުމުގައި ބެލެނިވެރިންނަށް ގޮވާލާފައިވެއެވެ.
ސްކޫލް ދަރިވަރުންގެ ދަބަސް ލުއިކުރަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ