އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތަށް 40 އޮފިޝަލުން ހޯދަން އިއުލާން ކޮށްފި

ޖުލައި މަހުގެ 20 އިން 24 އަށް ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މައިލޯ 20 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތަށް 40 އޮފިޝަލުން ހޯދަން އިއުލާނު ކޮށްފިއެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އޮފިޝަލުން ނަގާއިރު ބަލާނީ އަންނަ މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް 17 އަހަރު ފުރިފައިވާ ކުދިންނަށް ކަމަށެވެ.
އިއުލާނުގައި އިތުރަށް ބުނެފައި ވަނީ އިނާޔާތުގެ ގޮތުގައި އޮފިޝަލުންނަށް މުބާރާތް ހިނގަމުންދާ ވަގުތު ސައި އެލަވަންސް ދެވޭނެ ކަމަށާއި އޮފިޝަލުންނަށް މުބާރާތް ހިނގަމުންދާ ވަގުތު ބޭނުންކުރުމަށް ޓީ-ޝާޓް ހަވާލުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން މުބާރާތުގެ ކުރިން އެތްލެޓިކްސްއާ ބެހޭ ޓެކްނިކަލް މަޢުލޫމާތު ދެވި، މުބާރާތް ނިމިގެން އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 10 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ނަން ނޯޓްކުރެއްވުމަށް ކައުންސިލްގެ އިދާރާއިން އެދި ލައްވައެވެ. ނަން ނޯޓްކުރުމަށް 6865001 ނަންބަރު ފޯނަށް ގުޅައިގެން ނުވަތަ އެ އިދާރާގެ ފޭސްބުކް ޕޭޖަށް ނަން އިންބޮކްސްލުމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ