ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ

ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށާއި މެދުރާއްޖޭގެ ސަރަހައްދުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސް ވާނެ ކަމަށް މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން ނެރުނު އެލާޓުގައި މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާ ހެދުނު 10:00 ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި އާދައިގެ ގޮތަކަށް ކަނޑު މަޑުވެފައި ވައި ޖެހޭނީ މަޑުންނެވެ. ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑު ގަދަ ވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެގޮތުން ވިލާގަނޑެއްގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ އާންމުކޮށްފައެވެ.
ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ