"ޕޮކެމޯން" ހޯދާ އެޕްލިކޭޝަންތަކަށް ބޮޑު ފައިދާއެއް!

މިދުވަސްކޮޅު ހުރިހާ އެންމެންގެ ދުލުން ދެކެވެމުން އަންނަނީ އެއް ވާހަކައެކެވެ. އެއީ މޯބައިލް ގޭމް ކަމަަށްވާ "ޕޮކެމޯން ގޯ"ގެ ވާހަކައެވެ. ބޮޑު ތަރުހީބެއް ލިބިފައިވާ އެ ގޭމުގެ މަގުބޫލުކަމުގެ އެެހީގައި ގިނަ އެޕްލިކޭޝަންތަކެއް އަންނަނީ ފައިދާ ހޯދަމުންނެވެ.
އެޕަލް އެޕްސްޓޯގެ ޗާޓު އެއްވަނައިގައި ޕޮކެމޯން ގޯ އިންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް އެޕް ސްޓޯގެ ޗާޓުގެ މައްޗަށް މިހާރު ދަތުރު ކުރަމުން ދަނީ ޕޮކެމޯން ހޯދައިދޭ އެޕްލިކޭޝަންތަކެވެ.
އެގޮތުން "ޕޮކި ރޭޑާރ" އާއި "ހެލްޕާރ" އަކީ ޕޮކެމޯން ގޯ އަށް ޕޮކެމޯން ހޯދައިދިނުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަންތަކެވެ.
އެ އެޕްލިކޭޝަން އަކީ ވަރަށް ފަސޭހަ އެޕްލިކޭޝަންތަކެވެ. އެގޮތުން އެ އެޕްލޭކަން އެންމެ ފުރަތަމަވެސް ތިމާ ހުންނަ ސަރަހައްދެއް އެއްކޮށް ބެލުމަށްފަހު އޮޕްޓިމައިޒް ކުރެެއެވެ. އޭގެ ބޭނުމަކީ ތިމާ ހުންނަ ސަރަހައްދުގައި ދިރިއުޅޭ ޕޮކެމޯންތައް ދެއްކުމެވެ.
މިހާރުގެ ޗާޓަށް ބަލާއިރު ހެލްޕާރ ފޮރ ޕޮކެމޯން އޮތީ ދެވަނައިގައެވެ.
ޕޮކެމޯން އަކީ ތިމާ ގެންގުޅޭ ސްމާޓްފޯންގެ އެހީގައި ކައިރި ވަށާ ސަރަހައްދުގައި ފިލާފައި ހުންނަ ޕޮކެމޯންތައް ހޯދާ ރައްކާކުރުމެވެ. އެ ގޭމް އެޕަލްގެ އައިއޯއެސް އާއި ގޫގަލް އެންޑްރޮއިޑް އަަށް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ