ސިއްރު ހެކިން ބަލައިނުގަންނަން ސުޕްރީމް ކޯޓުން ނިންމައިފި

ރިޔާސީ އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހެޅި މައްސަލައިގައި ހުށަހެޅުއްވި ސިއްރު ހެކިންގެ ހެކިބަސް ބަލައި ނުގަންނަ ކަމަށް ނިންމަވައި މިމައްސަލައިގެ އަޑުއެހުންތައް ސްޕްރީމް ކޯޓުން ނިންމާލައިފިއެވެ.
މިއަދުގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ސިއްރު ހެކިބަސް ބަލައިގަންނަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ފަސް ފަނޑިޔާރުންނަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.
ހެކިބަސް ނުނަގަން ފަނޑިޔާރުން ނިންމެވުމާ އެކު ދެން އޮންނާނީ މިމައްސަލައިގެ ހުކުމް އިއްވުމެވެ. ނަމަވެސް ހުކުމް އިއްވާނެ ދުވަހެއް އިއުލާނެ ނުުރެއެވެ.
މިއަދުގެ އަޑުއެހުމުގައި ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުންނާއި އިލެކްޝަންސް ކޮމިޝަން އަދި މައްސަލައަށް ތަދައްހުލް ވިއިިދިކޮޅު ކޯލިޝަންގެ ޕާޓީތަކުގެ ފަހު ބަސް ވެސް ނަގާފައެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ސިއްރު ތިން ހެކިވެރިއަކު ހުށަހެޅީ ފާހަގަ ޖެހޭ އަނގޮޓިތަކެއް ރާއްޖެ ގެނައީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އަންގަވައިގެން ކަން ސާބިތު ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ