އެކެއް ފެބްރުއަރީގައި ރާއްޖޭގެ އެންމެ މަތީ ކޯޓު, ސްޕްރީމް ކޯޓުން ނެރުއްވި އަމުރު ނެރުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވަރަށް ބޮޑު ދައުރެއް ވާ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ،
މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާނު ހުސެން މަނިކު ވިދާޅުވީ އެކެއް ފެބްރުއަރީގެ އަމުރަކީ އެއްވެސް އިރެއްގައި ރަނގަޅު އަމުރެއް ނޫން ނޫންކަމަށާއި އެއީ ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މެދުވެރިކޮށް ސިޔާސީ ފަރާތްތަކާއި ކުރީގެ ރައީސް މައުމޫން އަޑީގައި ތިއްބައިގެން ކުރައްވަން އުޅުއްވި ބަޣާވާތެއް ކަމަށެވެ. އަދި އެއަމުރުގައި އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށާއި އެއްވެސް ތަރުތީބެއް ނެތް ކަމަށް ނިހާން ވިދާޅުވިއެވެ.
"އެކެއް ފެބްރުއަރީގެ ބަޣާވާތަކީ އެންމެ މަތީ ކޯޓުގެ އެންމެ މަތީ ދެ ފަނޑިޔާރު، ދެ ފަނޑިޔާރުން ހިމެނޭހެން ސިޔާސީ ބަޔަކު އަޑީގައި ތިބެގެން، މި ޕާޓީގެ ކުރީގެ ރައީސް ކަން ކުރެއްވި ރައީސް މައުމޫން ވަރަށް ބޮޑު ދައުރެއް އަދާކުރައްވައިގެން ނުރައްކާތެރި ގޮތަކަށް ނެރުއްވަން އުޅުއްވި ވަރަށް ބޮޑު ބަޣާވާތެއް" ނިހާން ވިދާޅުވިއެވެ.
އެކެއް ފެބްރުއަރީގައި ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށާއި އެއްވެސް ތަރުތީބެއް ނެތް ކަމަށް ނިހާން ވިދާޅުވިއެވެ.
"ހާއްސަކޮށް ފެބްރުއަރީ 1ގައި ނެރުނު އަމުރުގެ މަސްހުނި ކަމުގެ މައްޗަށް ވާހަކަ ދައްކަ ދައްކާ އޮއްވާ އޭގެން އެއްކަމެއްގެ ގޮތުގައި ޖިނާއީ ދައުވާ ކުރެވި އެދައުވާ ތަހުގީގު ކުރަން ޖެހޭ ފަރާތްތަކުން އެދައުވާކޮށް، ޖިނާއީ ދައުވާ ކުރާ ފަރާތްތަކުގައިވާ ޕްރޮސެކިއުޓާ ޖެނެރަލް އިން ކޯޓުތަކަށް ދައުވާ ފޮނުވާ، އެ ދައުވާ ކޯޓުތަކުގައި ހިންގައި، އެ ދައުވާ ބަލަންވާ މިންވަރަށް ބެލުމަށް ފަހު ފަނޑިޔާރަކު ހުކުމް ކުރުމަށް ފަހު، ތަންފީޒީ އިދާރާތަކާއި ހަވާލުކޮށްފައިވަނިކޮށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައި މިވަނީ ނެރެ ދޫކޮށްލުމަށް. ކޮބާ ގާނޫނީ ހަމަތަށް؟ އެއްވެސް ގޮތަކުން ގާނޫނީ ހަމައެއް ލަމައެއް ނެތް އަމުރެއް އެ އަމުރު އެއީ. އަދި އެ އަމުރުގައި އެއްވެސް ތަރުތީބެއްވެސް ނެތް" ނިހާން ވިދާޅުވިއެވެ.
އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގެ ފަހަތުގައި ކުރީގެ ރައީސް މައުމޫންގެ އަތެއްވާ ކަމަށް ނިހާން ތުހުމަތު ކުރައްވާފައިވާއިރު ރައީސް މައުމޫން މިހާރު ގެންދަވަނީ ގާނޫނު ތަންފީޒު ކުރުމަށް ހުރަސް އެޅިކަން ސާބިތުވެ 1 އަހަރަށް ވުރެއް ގިނަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އެކެއް ފެބްރުއަރީގައި ކުރަން އުޅުނު ބަޣާވާތުގެ އަޑީގައި މައުމޫން ހުންނެވި - ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ