އިންތިހާބު ބާތިލް ކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ހުކުމްކޮށްފިި އެވެ. ސުޕްރީމް ކޯޓްގެ ފުލް ބެންޗްގެ އިއްތިފާގުން އެގޮތަށް ހުކުމްކުރީ، އިންތިހާބު ބާތިލްކޮށްދޭން އެދި ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު އިއްވި ހުކުމުގައިވެ އެވެ.
ފަސްފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނީ، އިންތިހާބެއް ބާތިލް ކުރަން ޖެހޭނެ ފަދަ ހެއްކެއް ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށާއި އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނާކާމިޔާބުވެ ވަޑައިގަތް އަބްދުﷲ ޔާމީންއާ ދެމެދު ވޯޓްގެ ފަރަގު ވަރަށް ބޮޑުކަމަށެވެ. އެހެން ކަމުން ރިޔާސީ އިންތިހާބު ބާތިލް ކުރަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ވެސް ސުޕްރީމް ކޯޓްގެ ހުކުމުގައިވެ އެވެ. މީގެ އިތުރުން އިންތިހާބާ މެދު ކުރާ ތުހުމަތުތައް ތަހުގީގު ކުރަން ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރެއް ނެރެ ދިނުމަށް އެދިފައިވީ ނަމަވެސް، އެ ކަންތައްތަކަކީ ތުހުމަތުތަކެއް ކަމަށްވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރެއިން
އެކަންކަން ތަހުގީގު ކުރަން ކޯޓް އަމުރެއް ނެރެން ޖެހޭ އަސާސެއް ނެތް ކަމަށެވެ. ތަފްސީލް އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ