ސްޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމާއި އެކު އިންސާފު ލިބިގެން ހިނގައްޖެކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބު ބާތިލްކުރާނެ ގާނޫނީ ހުއްޖަތެއް ނެތްކަމަށް ސްޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާއި ގުޅިގެން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމަށް ތަހުނިޔާ ތަންނަވާ ކްރެއްވި ޓްވިޓެއްގައެވެ.Congratulations Hon @ibusolih and Hon @FaisalNasym on the Supreme Court’s landmark ruling today that has endorsed and validated your victory at the polls. Justice has prevailed.— Maumoon Abdul Gayoom (@maumoonagayoom) October 21, 2018ރައީސް މައުމޫނު ވިދާޅުވީ ސްޕްރީމް ކޯޓުން މިއަދު އެވަނީ ރައްޔިތުންގެ ވޯޓުން ލިބުނު ކާމިޔާބީ ރަސްމީކޮށް ސައްހަކަމަށް ކަނޑައަޅާފައި ކަމުގައެވެ.
މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނިންމާފައިވަނީ ރައީސް ޔާމީނާއި ދެކޮޅަށެވެ
އިންސާފު ލިބިއްޖެ: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ