ކަރަންޓު ޝޯޓެއްވެ މާލެ ގެއެއްގައި އަލިފާން ރޯވެއްޖެ

ކަރަންޓު ޝޯޓެއް ވުމުގެ ސަބަބުން މާލޭގެ ގެއެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ބުނީ އަލިފާން ރޯވެފައިވަނީ މ.ހާޑްރޮކް ނަމަކަށް ކިޔާ ގޭގެ ދެވަނަ ފަންގިފިލާގައި ކަމަށާއި އަލިފާން ރޯވި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިރޭ 12:28 ހާއިރު ކަމަށެވެ.
އެގޭގައި ރޯވެފައިވާ އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ނިއްވާލެވިފައި ކަމަށާއި މިހާދިސާ ގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވިއެވެ.
އަލިފާނުގެ ސަބަބުން އިމާރާތުގައި ދުން ބޯވެފައިވާތީ އެ ދުންތައް ބޭރުކުރުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ޓީމުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ