ކުރިއަތް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކުރިއަތް ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން އިން ވަނީ ބުނެފައެވެ.
ބުރާސްފަތި ދުވަހު އެ އިދާރާ އިން ބުނެފައިވަނީ ކުރިއަތް އޮތް ތިން ދުވަހުގެ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބެލެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން، ވަކިން ހާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދުތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި ވައިގަދަވެ ކަނޑުގެ ބާނި ބޮޑުވެފައިވާތީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުންޏެވެ.
މުސުމާއި ބެހޭ ޤައުމީ އިދާރާ އިން ވަނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ދިޔަވަރު ބޮޑުވާނެ ގަޑިތައް ވެސް ލަފާކޮށްފައެވެ. އެގޮތުން ސެޕްޓެމްބަރު 30 ވަނަ ދުވަހާއި ހަމައަށް އުތުރާއި މެދު ރާއްޖެތެރެ އަދި ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގެ ތަފްސީލް އެ އިދާރާގެ ވެބްސައިޓްގައި ވަނީ ހިމަނާފައެވެ.
 
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ