ނަޝީދުއާ ދެކޮޅު ޓްވީޓެއް ގާސިމް ރީޓްވީޓް ކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޖަލު ޙުކުމެއް އިއްވާފައި ވަނިކޮށް ރާއްޖެ އަންނަން އުޅޭތީ އެކަމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ކޮށްފައިވާ ޓްވީޓެއް ގާސިމް އިބްރާހިމް ދެންމެ ރީޓްވީޓް ކުރައްވައިފިއެވެ.
ޓްވީޓްގައި އަލްހާން ވިދާޅުވެފައި ވަނީ ޝަރީޢަތުން ނިންމާފައިވާ ކަންކަން ޝަރީޢަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ ކަމަށެވެ. ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދު ވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށް އަލްހާންގެ ޓްވީޓްގައި ވެއެވެ.
އާންމު ގޮތެއްގައި ރީޓްވީޓް ކުރުމުގެ މާނަ އަކީ ޓްވީޓްގައި ހިމަނާފައިވާ ވާހަކަތަކަށް ތާއިދު ކުރުމެވެ. އެހެންކަމުން އަލްހާންގެ ޓްވީޓް ގާސިމް ރީޓްވީޓް ކުރެއްވުމުގެ މާނަ އަކީ އަލްހާންގެ ވާހަކަތަކަށް ގާސިމް ތާއިދު ކުރެއްވުން ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.
ނަޝީދުއާ ދެކޮޅު ޓްވީޓެއް ގާސިމް މިއަދު ރީޓްވީޓް ކުރައްވާއިރު ގާސިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ އިބޫގެ ސަރުކާރުގެ ވަޒީރު ކަމަށް އައްޔަން ކުރަން އުޅޭ ކަމަށް ބުނެ އެމްޑީޕީ އެކްޓިވިސްޓުން ގެންދަނީ ވަރަށް ބޮޑަށް ނަހުލާ އަށް ފާޑުކިޔަމުންނެވެ. ބައެއް އެކްޓިވިސްޓުން ނަހުލާގެ ޒާތީ ކަންކަމާއި ބެހި ވަރަށް ދަށު ދަރަޖައިގެ ވާހަކަތައް ހިމަނައިގެން ޓްވީޓްތައް ކުރަމުން އެބަގެންދެއެވެ. އެމްޑީޕީގެ އެކްޓިވިސްޓުން އައިޝާ އަށް ފާޑުކިޔަމުން ގެންދާނީ ޖޭޕީގެ އެކްޓިވިސްޓުން ގެންދަނީ އެކަމަށް ވަރަށް ވަރުގަދަ އަށް ރައްދު ވެސް ދެމުންނެވެ.
މިއަންނަ ނޮވެމްބަރު މަހުގެ 01 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާއިރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމެއް އެބައޮތެވެ. އެހެންކަމުން ޤާނޫނީ ހަމަތަކަށް ބަލާއިރު ރައީސް ނަޝީދު މިހާލަތުގައި ރާއްޖެ ވަޑައިގެންފި ނަމަ އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ