މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑައިގެން ހިނގައްޖެ

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑައިގެން ހިނގައްޖެއެވެ.
ބައެއް ހިސާބުތަކުން ކަރަންޓު ކަނޑައިގެން ގޮސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައިއެވެ. އަދި ކަރަންޓު ކަނޑައިގެން ދިޔަ ބައެއް ސަރަހައްދުތަކުން ކަރަންޓު އަލުން ލިބިފައިވާއިރު އަދިވެސް ބައެއް ސަރަހައްދުތަކަށް ކަރަންޓެއް ނުލިބެއެވެ.
ސްޓެލްކޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުޑަ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ބައެއް ހިސާބުތަކުން ކަރަންޓު ދިއުމަށްފަހު މިހާރު އަލުން ކަރަންޓު ދެވިފައިވާ ކަމަށެވެ.
"ކުޑަ އިންޖީނަކަށް މައްސަލަ ދިމާވީ. މިހާރު މައްސަލަ ހައްލުކޮށްފައިވާނީ." އޮފިޝަލް ވިދާޅުވިއެވެ.
މިއަދު މާލެއިން ކަރަންޓު ދިޔަ ސަރަހައްދުތަކުގެ ތެރޭގައި މާފަންނު ދެކުނުގެ ބައެއް ސަރަހައްދުތައް ހިމެނެއެވެ. އަދި މާވެޔޮ މަގުގައި ހުރި ބައެއް ގެތަކުން ވެސް ކަރަންޓު ގޮސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ