ވިންޑޯސް މޮބައިލް 6.6 ‘މޯލްޑިވްސް’ގެ ނަމުގައި ބާޒާރަށް ނެރެނީ

ވިންޑޯސް މޮބައިލް 6.6 ގެ ބްރޭންޑް ‘މޯލްޑިވްސް’ގެ ނަމުގައި ބާޒާރަށް ވަރަށް އަވަހަށް ނެރޭނެކަމަށް ވިންޑޯސް މޯބައިލްގެ އެންމެ ފަހުގެ ހަބަރުތައް ގެނެސްދޭ ޓައިވާންގެ ސައިޓަކުން ހާމަކޮށްފިއެވެ.ވިންޑޯސް މޯބައިލް 7 ގެ ޓެސްޓް ވާރޝަން އެއްގެ ގޮތުގައި ނެރުމަށްހަމަޖެހިފައިވާ މޮޑެލްއަށް ދީފައިވާނަމަކީ ‘މޯލްޑިވްސް’ކަންވެސް މިހާރުވަނީ ކަށަވަރުވެފައެވެ. މޯބައިލް ފޯނު އުފައްދާ ކުންފުނިތަކުގެ ފީޑްބެކްހޯދައި މި އޮޕަރޭޓިންގ ސިސްޓަމް މާކެޓަށްނެރޭއިރު މިސިސްޓަމަށް އާންމުން ކުރަމުންދާ އިންތިޒާރު ދަނީ އިތުރުވަމުންނެވެ. މިސިސްޓަމުގައި އަލަށް އިތުރު ކުރެވިފައިވާ ބައިތަކާއި ބެހޭ ގޮތުން ޓެކް ބްލޮގްތަކުގައި ބަހުސް ކުރެވެމުންދާއިރު ވިންޑޯސް މޮބައިލް 6.6 ގެ ބްރޭންޑް ‘މޯލްޑިވްސް’ ނެރުމުގެ ވަގުތުދަނީ ކުޑަތަންވަމުންނެވެ.ވިންޑޯސް މޯބައިލް 7 މިނެރެނީ މީގެ 6.5 ވަނަ ވާޝަން ނެރުނުތާ އެއްއަހަރު ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ