ދަ ނޯޓިލަސް ފައުންޑޭޝަނުން ގިނަ ދާއިރާތަކުން ސްކޮލާޝިޕް ތަކެއް

ދަ ނޯޓިލަސް ފައުންޑޭޝަންއަކީ ޓޫރިޒަމް ވިޔަފާރިވެރިޔާ އަލްމަރުހޫމް ޑރ. އިބްރާހިމް އުމަރު މަނިކުގެ ހަނދާނުގައި އުފައްދާފައިވާ ޖަމިއްޔާ އެކެވެ.
ރާއްޖޭގެ މަޝްހޫރު ޓޫރިޒަމް ވިޔަފާރިވެރިޔާ އަލްމަރުހޫމް ޑރ. އިބްރާހިމް އުމަރު މަނިކުގެ ހަނދާނުގައި އުފައްދާފައިވާ ނޯޓިލަސް ފައުންޑޭޝަނުން ގިނަ ދާއިރާތަކުން ދިވެހިން ބިނާ ކުރަން ބޭރުގައި ކިޔަވަން ސްކޮލާޝިޕްތަކެއް ހުޅުވާލައިިފި އެވެ.
ނޯޓިލަސް ފައުންޑޭޝަނުން މި ސްކޮލާޝިޕްތަކުގެ މައުލޫމާތު ދޭން އިއްޔެ މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މުހައްމަދު ހަލީމް ވިދާޅުވި ގޮތުގައި މި ސްކޮލާޝިޕްގެ މަގުސަދަކީ ދިވެހިން ބޭނުންވާ ދާއިރާތަކުން ދިވެހިން ބިނާ ކުރުމާއި ގައުމަށް ހިދުމަތް ކުރާނެ ދިވެހިން ބިނާ ކުރުމެވެ. އަދި މި ސްކޮލާޝިޕްގައި ކިޔަވައިގެން އައިސް ރާއްޖޭގައި އެކުއްޖަކު ބޭނުން ތަނެއްގަައި ހިދުމަތް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. 
"މަގުސަދަކީ ދިވެހިން ބިނާކުރުމަށްޓަކައި ސްކޮލަރޝިޕް ފުރުސަތުތައް ހުޅުވާލުމުގެ އިތުރުން ކިޔަވާ ނިމުމުން ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުން. މި ސްކޮލާޝިޕުން ކިޔަވާ ދަރިވަރުން ކޯސް ފުރިހަމަ ކުރުމަށްފަހު އެނބުރި އައިސް މަދުވެގެން ތިން އަހަރު ދުވަހު ދިވެހިރާއްޖޭގެ މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގައި މަސައްކަތްކުރަން ޖެހޭނެ،" ހަލިމް ވިދާޅުވި އެވެ.
މި ސްކޮލާޝިޕްގައި ކިޔަވަން ދާނީ އަންނަ އަހަރުން ފެށިގެންނެވެ. މިގޮތުން ޖުމްލަ 4 އާއި 6 އާއި ދެމެދުގެ އަދަދަކަށް ސްކޮލަރޝިޕް ދޭނެ އެވެ. އަންނަ އަހަރު ފުރަތަމަ ފުރުސަތު ދެނީ ހަތަރު ދާއިރާއަކުންނެވެ.މި ސްކޮލާޝިޕްގެ ދަށުން ކިޔަވަންދާ ދަރިވަރުންނަށް ޓިއުޝަންފީގެ އިތުރުން ތައުލީމު ހާސިލްކުރުމަށް ދާ ގައުމަކަށް ދެކޮޅު ޓިކެޓް ޚަރަދާއި މެޑިކަލް އިންޝުއަރަންސް ވިސާ ޕްރޮސެސިން ހަރަދުތަކާއި އަދި ސްކޮލާޝިޕްގައި ކިޔަވަމުންދާއިރު ދިރިއުޅުމަށްބޭނުންވާނެ ސްޓައިޕެންޑް ވެސް ދޭނެ އެވެ. ސްކޮލަރޝިޕް އަށް ކުރިމަތިލާ ދަރިވަރުން ކިޔެވުމަށް ކަނޑައަޅާފައިވާ ޔުނިވަރސިޓީ މަރުކަޒުގެ ޕްލޭސްމަންޓް ލެޓާ އެޑްމިޝަން ލެޓާ ހުށަހަޅަން ޖެހެ އެވެ. ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިންނެވެ.
މި ސްކޮލަޝިޕް މެދުވެރިކޮށް ތައުލީމު ހާސިލްކުރާ ދަރިވަރުން ކޯސް ފުރިހަމަކުރުމަށްފަހު މަދުވެގެން އެއް އަހަރު ދުވަހު ގްރޭޓާ މާލެ ސަރަހައްދު ނޫން ދިވެހިރާއްޖޭގެ އެހެން ސަރަހައްދެއްގައި ގާއިމްކުރެވިފައިވާ ހޮސްޕިޓަލެއްގައި ނުވަތަ ސިއްހީ މަރުކަޒެއްގައިމަސައްކަތް ކުރަން ޖެހެ އެވެ،
ނޫސްވެރިކަމުގެ ދާއިރާ (އަންޑަގްރެޖުއޭޓް ޑިގްރީ އިން މާސް ކޮމިއުނިކޭޝަން)މި ސްކޮލާޝިޕް ހުޅުވާލވިފައިވަނީ އަންޑަގްރެޖުއޭޓް ޑިގްރީ ފެންވަރަށްމި ސްކޮލާޝިޕް ހުޅުވާލެވިފައިވަނީ ޖާނަލިޒަމްގެ ދާއިރާއިން ދިވެހިން ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުންމި ސްކޮލާޝިޕް މެދުވެރިކޮށް ތަޢުލީމު ހާސިލްކުރެވޭނީ މެލޭޝިޔާ އާއި އިންޑޮނީޝިޔާ އަދި ތައިލެންޑާއި ނޭޕާލް އަދި ފިލިޕީންސްގެ އިތުރުން ބަންގްލަދޭޝް އަދި އިންޑިއާއި ނުވަތަ ސްރީލަންކާ މި ގައުމުތަކުގެ ތެރެއިން ގައުމެއްގައި ގާއިމްކުރެވިފައިވާ ޔުނިވާރސިޓީއެއްގަ އެވެ. 
މި ސްކޮލާޝިޕް ހުޅުވާލެވިފައިވަނީ މެލޭޝިޔާގެ " UniKL " އިން ތިން އަހަރުދުވަހުގެ މުއްދަތަށް ހިންގާ"66 Part EASA – Programme License Maintenance Aircraft " ކޯސް ހެދުމަށެވެ. މި ސްކޮލާޝިޕް އަށް ކުރިމަތިލާ ދަރިވަރުން މި ޕްރޮގްރާމް އަށް ހޮވުނުކަމުގެ ޕްލޭސްމަންޓް ލެޓާ ހުށަހަޅަންޖެހޭނެ އެވެ. އަދި ސަޓިފިކެޓް ތިން އިން ކޮމާޝަލް ކުކަރީ އަދި މި ސްކޮލާޝިޕް ހުޅުވާލެވިފައިވަނީ ސްރީލަންކާގެ " (CAHM (Management Hospitality of Academy Colombo The " އިން ހިންގާ " Cookery Commercial in 3 Level Certificate the for Institute Angliss William " ކޯސް ހެދުމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ