‘ހުކުރަށް ނުދާ މީހުންނަށް ޤިޔާމަތް ދުވަހުން އެމީހަކަށް ގަދަފަދަ އަޒާބު ދެއްވާނެ.’ ޚަތީބު

ލިޔުނީ: އަލީ އަހްސަން‘ޝަރުއީ އުޒުރަކާއި ނުލާ ހުކުރަށް ނުދާ މީހުންނަށް ޤިޔާމަތް ދުވަހުން އެމީހަކަށް ގަދަފަދަ އަޒާބު މާތްﷲ ދެއްވާނެ.’ ކަމުގައި ޚަތީބު ހާމަކުރައްވައިފިއެވެ. އަދި ‘ދުނިޔެއާއި އާޚިރަތް ދުވަހުން އެމީހަކަށް ހަލާކު ހުރިކަމުގައިވެސް’ ޚަތީބުވަނީ ވިދާޅުވެފައެވެ.މިއަދު ތޮއިބާ މިސްކިތުގައި ކުރެނު ހުކުރު ނަމާދުގައި ޚަތީބު ދެއްވި ޚުތުބާގައި މުޅިންވެސް އަލިއަޅުވާލައިފައިވަނީ ހުކުރަށް ނުދާ މީހުންނަށް ހުރި ބިރުވެރި އަޒާބުގެ ވާހަކައާއި ހުކުރު ނަމާދުގެ އަދަބުތަކުގެ މައްޗަށެވެ. މިޚުތުބާ އަކީ މިއަދު ރާއްޖޭގެ ކަންކޮޅުތަކުގައި ކިޔާފައިވާ ޚުތުބާކަމަށް ދިއިސްލާމްއަށްވަނީ ޚަބަރު ލިބިފައެވެ.‘ހުކުރު ވިލޭރޭ އަދި ހުކުރު ދުވަހަކީ ޤުރުއާން ކިޔެވުމާއި ރަސޫލާގެ މައްޗަށް ސޮލަވާތްކިޔުން ގިނަ ކުރަންވީ ދުވަހެއް.’ ކަމަށާއި ‘ހުކުރު ނަމާދަށް ސަމާލުވުމާއި ހުކުރު ޚުތުބާ ކިޔަން އިމާމު ހުއްޓާ ތިބާ ގާތުގައި އިންމީހާއަށް ‘ވާހަކަ ނުދައްކާ ހަނުހިމޭނުން އިންނާށޭ’ ބުންޏަސް، ތިބާއަށް އެބުނެވުނީ ބުނުން އެކަށީގެންވާ ބަހެއް ނޫންކަމަށާއި އެވަރުންވެސް ވާހަކަ ދެއްކުން ހުއްދަވެގެން ނުވާކަމަށާއި އިމާމުގެ ހުތުބާއަށް ސަމާލުވެ އިންނަންޖެހޭ ކަމަށްވެސް އިމާމް ވަނީ ގޮވާލައްވާފައެވެ.ހުކުރު ނަމާދުގެ އަދަބުތަކުގެ ތެރޭގައިވާ ‘ ހުތުބާ ދެއްވަން ފެށުމުގެ ކުރިން މިސްކިތައް ޖަމާވުމަށާއި ހުކުރަށް އައިސް ކުރަންޖެހޭ ސުންނަތްތައް ކުރުމަށާއި ހުތުބާ ދެއްވާ ވަގުތު ވާހަކަ ނުދެއްކުމަށާއި މިސްކިތަށް ވަދެ ތިބުމުގެ ކުރީސަފު ފުރާލުމާއި ވީހާވެސް ގިނަ ބަޔަކަށް މިސްކިތުގައި ތިބޭވޭނެހެން އަމަލުތައް ބެހެއްޓުމަށް.’ ޚަތީބު ވަނީ ހާޒިރީންނަށް އިރުޝާދު ދެއްވާފައެވެ. އަދި ‘ހުކުރަށް ހާޒިރުވުމުގެ ކުރިން ފެންވަރާއި ހިނައިގަތުމަށް ސުންނަތުން ސާބިތުވާކަމަށް ގިނަ އިލްމުވެރިން ވިދާޅުވާކަމަށް’ވެސް ޚަތީބުވަނީ ހާމަކުރައްވާފައެވެ.އިސްލާމީ މަރުކަޒުގައި ނުބަލައި ޝެއިޚް މުހައްމަދު މޫސާ ދެއްވި ހުކުރު ޚުތުބާގައި އަލިއަޅުވާލާފައިވާ މައުޟޫއަކީ ‘މަރަށް ހާޒިރުވެގެންވާ މީހާ ނުވަތަ މަރުވެގެންދާމީހާ އޭނާ މަރަށް ހާޒިރުވާ ވަގުތުން ފެށިގެން އޭނާ ވަޅުލަންދެން އޭނާޔާއި މެދު އަމަލުތަށް ބެހެއްޓުމަށް އިސްލާމްދީނުގައި އަޅުގަނޑުމެންނަށް އައިސްފައިވާ ބައެއް އިރުޝާދުތައް’ މިއެވެ.ހުކުރު ޚުތުބާގައި ޚަތީބުވަނީ ވަރަށް އަސަރުން ފުރިގެންވާ ބިރުވެރި ދަރުސްތަކެއް ހުކުރަށް ހާޒިރުވެތިބި އެތައް ހާސް މީހުންނަށް ދެއްވާފައެވެ. އެގޮތުން ‘އިންސާނާގެ މަރުމަތީގައި ދިމާވާނެ ބައެއް ކަންކަމާއި އިންސާނާ މަރުވުމަށްފަހު މައްޔިތާއާއި މެދު ކަންކުރަންވީ ގޮތް ވަނީ ބުނެދެއްވާފައެވެ. އަދި އިންސާނާ މަރުވުމުގެ ކުރިން ސަމާލުވާންވީ ކަންކަމުގެ މައްޗަށްވެސް ވަނީ އަލިއަޅުވާލާފައެވެ. އޭގެތެރޭގައި ދަރަނިވެރިއެއްގެ ގޮތުގައި މަރުވެއްޖެނަމަ އެމީހަކަށް ހުރި ބިރުވެރިކަމާއި ނުރައްކާތެރިކަމުގެ ވާހަކައިން ޤުރުއާނާއި ހަދީސްގެ އަލީގައި ވަނީ އިންޒާރު ކުރައްވާފައެވެ.އިސްލާމީ މަރުކަޒުގައި ދެވުނު ހުކުރު ޚުތުބާގެ ވީޑިއޯ ރެކޯޑިން ބައްލަވާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ