ފަތިފައްޗަށް މަތިމައްޗަށް ސަސްޕެންޑްކުރިޔަސް ކައުންސިލަރުން ފަހަތަށް ނުޖެހޭނެ: މެމްބަރު މުހައްމާ

ފަތިފައްޗަށް މަތިމައްޗަށް ސަސްޕެންޑްކުރިޔަސް އިހަވަންދޫ ކައުންސިލްގައި ތިއްބެވި 5 މެމްބަރުން ފަހަތަށް ނުޖެހޭނެކަން ވަރަށް ސާފުކޮށް އަދުގެ ސަރުކާރަށް އެނގިވަޑައިގަންނަވާނެކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ.
3 މަސް ދުވަހުގެ ސަސްޕެންޝަނަކަށްފަހު އިހަވަންދޫ ކައުންސިލްގެ މެމްބަރުން އަނބުރާ މަސައްކަތަށް ނިކުންނެވިތާ މަހެއްހާ ދުވަސްފަހުން އަނެއްކާވެސް އިހަވަންދޫ ކައުންސިލްގެ 5 މެމްބަރުން ސަސްޕެންޑްކުރުމާއި ގުޅިގެން މުހައްމާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިހަވަންދޫ 5 ކައުންސިލަރުން 3 މަސްދުވަހަށް ރައްޔިތުންގެ ޚިދުމަތުން މަހްރޫމްކޮށް އެލްޖީއޭ އިން ސަސްޕެންޑްކުރި ކުރުމަކީ އަދުގެ ސަރުކާރުގެ ގޮތެއް ފޮތެއް ނެތްކަން ހާމަވާކަމެއް" ކަމަށެވެ. އަދި ކައުންސިލަރުން ސަސްޕެންޑްކުރިޔަސް ފަހަތަށް ނުޖެހޭނެކަން ސަރުކާރަށް އެނގޭނެކަމަށް މުހައްމާ ވިދާޅުވިއެވެ.
Ihavandhoo 5 Councilarun 3 Mas Dhuvahah Rayyithunge Hidhumathun Mahrum koh LGA in suspend kuri kurumaky Adhuge Sarkarge gotheh fotheh nehkan haamavaa kameh. FathiFachhah Mathi Machhah suspnd kuriyas e 5 Councilarun Fahthakah Nujheyne kan v saaf koh adhuge sarcar ah Egivadanavaane pic.twitter.com/jQEyJwQvdA
 ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންގެ ރަސްމީ މަސައްކަތަށް ހުރަސްއެޅިކަމަށް ބުނެ 5 ކައުންސިލަރުން މިފަހަރުވެސް ސަސްޕެންޑްކޮށްފައިވަނީ މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށެވެ. މީގެ ކުރިން 5 ކައުންސިލަރުން ސަސްޕެންޑްކޮށްފައިވަނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އިހަވަންދޫގައި ރަސްމީ ޖަލްސާ ބާއްވަމުން ދަނިކޮށް އިހަވަންދޫގެ މަސްވެރިންތަކެއް ނިކުމެ ކުރި މުޒާހަރާގައި ބައިވެރިވެ، ސަރުކާރު ހިންގުމަށް ހުރަސް އެޅިކަމަށް ބުނެއެވެ. އެމުޒާހަރާގައި މެމްބަރު މުހައްމާވެސް ބައިވެރިވެވަޑައިގަތެވެ. 
ކޮންމެ ފަހަރަކުވެސް ކައުންސިލަރުން ސަސްޕެންޑްކުރަނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީއިންނެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ