ހުރިހާ ރައްޔިތުން އެއްބައިވެ ރައީސް ޔާމީން އެއްބުރުން ހޮވައިދީ: ޝަހީމް

ހުރިހާ ރައްޔިތުން އެއްބައިވެ ރައީސް ޔާމީން އެއްބުރުން ހޮވައިދިނުމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.
ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެއްސެވުމާއި ގުޅިގެން ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ދިވެހި އެންމެހާ ރައްޔިތުން އެއްބައިވަންތަވެ އިލްމުވެރިންނާއި ޒުވާނުންނާއި ގައުމުގެ އެންމެހާ ކަނބަލުން އިންތިޚާބު ފުރަތަމަ ބުރުން ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
Raees Yaamin ge fahaypulhuga dhivehi emmehaa rayyithun ebbaivanthave, ilmuverinaai zuvaanunaai qaumuge emmehaa kanbalun mi inthikhaab furathama burun kaamiyaabu kurumah masakkay kurehvumah edhen. pic.twitter.com/bB5JrwKc7U
އަދާލަތު ޕާޓީގެ ތެރެއިން ސިޔާސީ މަސައްކަތް ފެއްޓެވި ޝަހީމް ވަނީ ރައީސް ވަހީދުގެ ސަރުކާރާއި ރައީސް ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާ ކުރައްވާފައެވެ.އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ޝަހީމް ވަނީ ކުރައްވާފައެވެ. ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ.ޝަހީމް ހަމަޖެއްސެވިކަން އިއުލާން ކުރެއްވީ ހޮނިހިރު ދުވަހުގެރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގަ އެވެ.
2013 ވަނަ އަހަރު މަގާމާއި ހަވާލުވެ ވަޑައިގެންނެވި ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސަކީ ޑރ.މުހައްމަދު ޖަމީލު އަހުމަދެވެ. ރައްޔިތުންގެ މަޖިލީހުން ޑރ.ޖަމީލް ނައިބު ރައީސް ކަމުގެ މަގާމުން 21 ޖުލައި 2015 ގައި ދުރުކުރުމަށް ފަހު ނައިބު ރައީސް ކަމަށް ދެން އައްޔަން ކުރެއްވީ އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަހްމަދު އަދީބު އެވެ. ރައީސް އަވަހާރަ ކޮށްލަން ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވި މައްސަލަ އާއި ގުޅިގެން އަދީބު ހައްޔަރު ކޮށްފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުން އަދީބު ނައިބު ރައީސް ކަމުގެ މަގާމުން ދުރުކުރީ 05 ނޮވެމްބަރ 2015 ގައެވެ. އެއަށް ފަހު މި ސަރުކާރުގެ ތިންވަނަ ނައިބު ރައީސްކަމަށް ޖިހާދު އައްޔަން ކުރައްވާފައިވަނީ 22 ޖޫން 2016 ވަނަ އަހަރުގައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ