ޝަރުއީ ދާއިރާއަށް އެންމެ ޚިދުމަތްތެރި މަސައްކަތްތަކެއްކޮށްދެއްވި ސިޔާސީ ލީޑަރަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްކަމަށް މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު އަބުދުﷲ އަބުދުއްރަހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމާއި ގުޅޭގޮތުން ރައީސް ޔާމީން ދެއްކެވި ހަގީގަތެއްނެތް ދޮގު ވާހަކަތަކާއި ގުޅިގެން އަބުދުﷲ އަބުދުއްރަހީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޝަރުއީ ދާއިރާއަށް އެންމެ ޚިދުމަތްތެރި މަސައްކަތްތަކެއްކޮށްދެއްވި ސިޔާސީ ލީޑަރަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްކަމަށެވެ.
ކޯޓަށް ނުފޫޒު ފޯރުވާ، ސިޔާސީ ހުކުމްތައްނެރެ، ފަނޑިޔާރުން ބަދަލުކޮށް، ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކޮށްގެން ހުރެ ރައީސް ޔާމީން ވާހަކަދައްކަވާތީ އަބުދުﷲ އަބުދުއްރަހީމް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ގާސިމް އިބްރާހީމަކީ ކޯޓުތަކަށް ވަރަށް ފަރިތަ ބޭފުޅެއް ކަމަށާއި އެމަނިކުފާނު ކޯޓުތަކަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ވާހަކަދައްކަވާފައެވެ.
މި ސަރުކާރު ވެރިކަމަށް އައިފަހުން ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަން ނަގާލާ، ޖުޑީޝަރީއަށް ވަރަށް ބޮޑަށް ސަރުކާރުގެ ނުފޫޒު ފޯރުވާފައިވާކަމަށް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ބޭފުޅުންނާއި، އާންމުންވެސް ގެންދަނީ ބުނަމުންނެވެ. ޚާއްސަކޮށް 1 ފެބުރުއަރީގައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާއި ގުޅިގެން ސުޕްރީމް ކޯޓް އަސްކަރިއްޔާ މެދުވެރިކޮށް ހިސާރުކުރުމަށްފަހު، އޭރުގެ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ޖަލުގައި ބަންދުކުރުމުން ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވަމުންދިޔަ މިންވަރު ހާމަވެފައިވާކަމަށް ގިނަ ބަޔަކު ދެކެއެވެ.
ފެބުރުއަރީ 1ގެ ހުކުމްގެ ކުރިން ފަނޑިޔާރުގެތަކުން ކޮންމެ ހުކުމެއްކުރިނަމަވެސް އެ ހުކުމަކަށް ތަބާވާނެކަމަށާ އަދި ދައުލަތުގެ ހުރިހާ މުއައްސަސާތަކުންވެސް އެ ހުކުމަކަށް ތަބާވާންޖެހޭނެކަމަށް ތަކުރާރުކޮށް، ރައީސް ޔާމީން ވިދާޅުވެފައިވާއިރު، ފެބުރުއަރީ 1ގެ ހުކުމާއިއެކު ރައީސް ޔާމީންގެ ރާގު ވަނީ މުޅިން ބަދަލުވެފައެވެ.
މި ސަރުކާރު ވެރިކަމަށް އައިފަހުން ކޯޓްތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ފަނޑިޔާރުން ކޯޓްތަކުން ބަދަލުކުރުން ބޮޑު ކުޅިވަރަކަށް ހަދާފައިވާއިރު، ދިވެހި ތާރީޚުގައިވެސް ސިޔާސީ ލީޑަރުންގެ މައްޗަށް އެންމެ ގިނައިން ޝަރީއަތް ހިންގާ، ބޮޑެތި ހުކުމްތައް ވަނީ އިއްވިގެންގޮސްފައެވެ. އަދި އެ ޝަރީއަތްތައް ހިންގިފައިވަނީ ދިފާއުވުމަށް ފުރުސަތު ނުދެއްވާ ވަރަށް އަވަސް އަރުވާލައިގެންކަން ފާހަގަކުރެވެއެވެ.
ޝަރުއީ ދާއިރާއަށް އެންމެ ޚިދުމަތްތެރި މަސައްކަތްތަކެއްކޮށްދެއްވި ސިޔާސީ ލީޑަރަކީ ގާސިމް: އަބުދުﷲ އަބުދުއްރަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ