އަނިޔާވެރިކަމަށް އެއްވެސް ފުރުސަތެއް ދީގެންނުވާނެ ކަމަށާއި އަނިޔާވެރިކަމާ ދެކޮޅަށް އެކަތިގަނޑަކަށްވެ މަސައްކަތް ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
ގާސިމް މިހެން ގޮވާލެއްވީ މިރޭ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގައި އިދިކޮޅު ޕާޓީތަކުން އިންތިޒާމްކޮށްގެން "ހުއްޓުވަން" ނަމުގައި އިހްތިޖާޖެއް ބޭއްވުމަށް ތައްޔާރުވަމުންދާތީ އެވެ.
"އެކުވެރިކަމަކީ ގަދަފަދަ ބާރެއް، އެންމެހާ ލޮބުވެތި ރައްޔިތުން ކޮނޑާކޮނޑު ޖައްސަވާ އަތާ އަތް ގުޅާލާ މި އަނިޔާވެރިކަމާ ދެކޮޅަށް ނުކުންނަވާ، ހައްގާއި އިންސާފު ލިބިގަތުމަށް ނުކުންނަވާ، ގޭގައި ނުތިއްބަވާ، ﷲ އިރާދަކުރެއްވިއްޔާ މި އަނިޔާވެރިކަމުން އަޅުގަނޑުމެން އެންމެން ސަލާމަތް ވާނެ،" ޖަރުމަނުގައި ހުންނެވި ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
މިރޭ ޕާޓީތަކުން ބާއްވާ އިހްތިޖާޖަކީ ރައީސް އަބްދުﷲ ޔާމީން ގާނޫނު އަސާސީއާ ހިލާފު ގިނަ އަމަލުތަކެއް ހިންގަވަމުންދާ ކަމަށް ބުނެ އެކަންކަން ހުއްޓާލުމަށް ގޮވާލާ ބާއްވާ އިހްތިޖާޖެކެވެ. އިހްތިޖާޖު ނިންމާލާނީ އެކަންކަން ހުއްޓުވުމަށްފަހު ކަމަށް ވެސް ޕާޓީތަކުން ބުނެ އެވެ. ފުލުުން ވަނީ މިރޭގެ އިހްތިޖާޖަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.
ރައްޔިތުން އަތު ގުޅާލައި، ނުކުތުމަށް ގާސިމް ވެސް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ