މެލޭޝިޔާގައި ވެރިކަން ކުރާ، އަމްނޯ ޕާޓީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަަޑައިގަތުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ރޭ ފުރާވަޑައިގެންފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު މިއަދު ސަން އަށް ވިދާޅުވީ އަންނަ ބުދަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި އޮންނަ އަމްނޯ ޕާޓީގެ އަހަރީ އާންމު ޖަލްސާގައި މައުމޫން ބައިވެރިވެވަޑައިގަތުމުގެ އިތުރަށް އެ ޕާޓީ އިން އިންތިޒާމު ކުރާ އިންޓަނޭޝަނަލް ފޯރަމްގައި ޕެނަލިސްޓެއްގެ ގޮތުން ވެސް މައުމޫން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ޕީޕީއެމް އިން ބުނީ މައުމޫން އެނބުރިވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.
މައުމޫން މެލޭޝިޔާ އަށް ފުރާވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ