އަންގާރަ ދުވަހު ހަވީރު ބޮޑުތަކުރުފާނު މަގުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި

މިއަހަރުގެ ބައިނަލްއަޤްވާމީ ރަޙުމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަތުގުޅާލުމުގެ ހަރަކާތް ކުރިޔަށް ގެންދިޔުމަށްޓަކައި އަންނަ އަންގާރަ ދުވަހު (30 ޖުލައި 2019) މާލޭގެ ބޮޑުތަކުރުފާނު މަގުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އަންގާރަދުވަހުގެ 16:30 އިން ފެށިގެން 18:00 އަށް ބޮޑުތަކުރުފާނު މަގުގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ މަނާ ކަމެއްކަމުގައެވެ.
އަދި ހުއްދަ ދީފައިނުވާ އުޅަދެއް އެވަގުތުގައި އެ ސަރަހައްދުން ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ގާނޫނު" 5/2009 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާ ކަމެއް ކަމަށާއި އެ ނިންމުމަށް އަމަލު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.
އެ ވަގުތު ދުއްވަން ހުއްދަދީފައިވާ އުޅަނދުތަކަކީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި އެމްބިއުލެންސް އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ ސައިކަލުގެ އިތުރަށް ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތް، އަދި އެދުވަހުގެ މަނާ ގަޑީގައި ދުއްވުމުގެ ހުއްދަދޭ އުޅަނދުތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ