މޯދީ ތަޤުރީރު ކުރެއްވި ޖަލްސާއަށް މެމްބަރު އަލީ ހުސައިން ވަޑައިގެންނެވީ އިންޑިއާ ހެދުމެއްގައި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތަޤުރީރު ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އިންޑިއާގެ ޤައުމީ ހެދުމެއްގައި ވަޑައިގަންނަވައިފިއެވެ.
އެޖަލްސާގައި މަޖިިލީހުގެ ހުރިހާ މެމްބަރުންވެސް ކޯޓު ފަޓުލޫނުގައި ތިއްބެވި އިރު، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ތުރުކުރައްވާފައި ވަނީ، އިންޑިއާގެ ރަސްމީ ހަފްލާތަކުގައި ބޭނުން ކުރާ ޤައުމީ ހެދުމެކެވެ.
މެމްބަރު އަލީ ހުސައިން ވިދާޅުވީ، އެ ހެދުމަކީ މިދިޔަ އަހަރު އިންޑިއާގެ ރަހުމަތްތެރިއަކު ހަދިޔާއަށް ދިން ހެދުމެއް ކަމަށެވެ.
އަދި މިފަދަ މުނާސަބަތެއްގައި ބޭނުންކުރަން ރަނގަޅު ހެދުމެއް ކަމުގައި އެރަހުމަތްތެރިޔާ ބުނި ކަމަށެވެ.
"އެއީ ކުލާސްމޭޓަކު ހަދިޔާ އަކަށް ދިން ހެދުމެއް. 1 ފެބުރުއަރީ 2018 ގައި ދިނީ. އެ ދިން ގޮތައް އޭތި އޮތީ. މިއަދު އަލަށްވެސް މިލީ" މެމްބަރު އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ، ރަސްމީ މުނާސަބަތަކާއި ގުޅުވާލުމަށް، އިންޑިއާގެ ބޮޑުވަޒީރު ވަޑައިގެންނެވުމުން އެޖަލްސާއަށް އެހެދުންލާން ހިތަށް އެރީކަމަށެވެ.
މެމްބަރު އަލީ ހުސައިން ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރެއްވީ އިންޑިއާގެ ނޭޝަނަލް ލޯ ސްކޫލް އޮފް އިންޑިއާ ޔުނިވާސިޓީންނެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ