ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ގާޒީ ހަސަންގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލަތަކާ ގުޅިގެން މިއަދު ވަނީ ތަހުގީގު އަޑުއެހުމެއް ބާއްވާފައެވެ.
އާންމުކޮށް ހުޅުވާލައިގެން ބޭއްވި އެ އަޑުއެހުމުގައި އެ ތުހުމަތުތަކަށް ކީރިތި ކުރައްވަމުން ހަސަން ޖަވާބުދާރީ ވެވަޑައިގެންނެވިއިރު ކުރާ ޖޭއެސްސީގެ ކޮމިޓީން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަސަން ވަނީ ފަނޑިޔާރު ކަމުގައި އޭނާ ހޭދަކުރެއްވި 18 ވަރަކަށް އަހަރުގެ ދިގު މުއްދަތުގައި މިހާތަނަށް އެފަދަ އެއްވެސް ތުހުމަތެއް އޭނާގެ މައްޗަށް ކޮށްފައި ނުވާކަމަށް ވިދާޅުވެފައެވެ.
ގާޒީ ހަސަންގެ މައްޗަށް ތުހުމަތުކުރަނީ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ މައްސަލަތަކެއް ކަމަށް ބުނެ މީޑިއާގައި އަޑު ފެތުރިފައިވާތީ ކީރިތިކުރައްވަމުން އޭނާ ވިދާޅުވީ އެފަދަ އަމަލެއް ދުވަހަކުވެސް ހިންގާފައި ނުވާނެ ކަމަށެވެ.
ގާޒީ ހަސަންގެ އެވާހަކަތަކާއެކު ކޮމިޝަނުން ވަނީ އޭނާގެ މައްޗަށް ކުރަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ނޫން ކަން ހާމަކޮށްފައެވެ.
އޭގެ އިތުރުން އެއްވެސް މުވައްޒަފަކަށް ބޭއަދަބީ ބަހުން މުހާތަބު ކޮށްފައިނުވާނެކަން ފާހަގަކޮށް ގާޒީ ހަސަން ވިދާޅުވީ، އެކަމަކު އެކޯޓުގެ ބައެއް ޑިޕާޓްމެންޓްތަކުގެ މަސައްކަތް ލަސްވުމުގެ ސަބަބުން އެކަންކަން ރަނގަޅުކުރުމުގެ ނިޔަތުގައި ބައެއް ކަންކަން ކޮށްފައިވާނެ ކަމަށެވެ.
ޖޭއެސްސީން ގާޒީ ހަސަންގެ ދެ މައްސަލައެއް ބަލަމުން އަންނައިރު އެދެމައްސަލަ ބަލައި ނިމެންދެން އޭނާ ހުންނެވީ ސަސްޕެންޑްކޮށްފައެވެ.
އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔައި ގާޒީ ހަސަންގެ ތަގުގީގީ އަޑުއެހުމަށް އޭނާ ވަޑައިގެންނެވީ ގާނޫނީ ވަކީލަކާ ނުލައެވެ. އަދި ކޮމިޝަނުން ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދެއްވީ އަމިއްލަފުޅަށެވެ.
ތުހުމަތުތަކަށް ގާޒީ ހަސަން ޖަވާބުދާރީވީ ކީރިތިކުރައްވަމުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ