އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ބުނެ މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އޭދަފުށިން އިރުއިރު ކޮޅުން ކަރަންޓު ދިއުމުގެ މައްސަލަ ހައްލު ވެއްޖެކަމަށް އޭދަފުށީ އިންޖީނުގެ އިން ބުނެފިއެވެ.
ކުރިން އެންގުމެއްނެތި ވޭތުވެދިޔަ ތިންދުވަހު ގޭގެއިންނާއި ފިހާރަތަކުން ކަރަންޓު ކެނޑުމުން ބައެއްގޭގެ އާއި ފިހާރަތަކުގައި ބޭނުންކުރާ ބައެއް އިލެކްޓްރޯނިކް ތަކެއްޗަށް ވަނީ ގެއްލުން ތަކެއްވެސް ލިބިފައެވެ.
އޭދަފުށީގައި ބޭނުންކުރާ ކަރަންޓްގެ މިންވަރު، އިންތިހާއަށް މަތިވުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ހާއްސަކޮށް ހޫނު މޫސުމާ ދިމާކޮށް ކަރަންޓް ކެނޑުމުގެ މައްސަލަތައް ކުރިމަތިވެއެވެ. މިކަން ހައްލު ކުރުމަށްކަމަށް ބުނެ 2017ވަނަ. އަހަރު 800ކވ.ގެ އިންޖީނެއްވެސް އޭދަފުށީގައި ވަނީ ބަހައްޓާފައެވެ.
ކަރަންޓު މައްސަލަ ހައްލުވެއްޖެކަމަށް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ