އަގުހުރި އިނާމުތަކާ އެކު އެސްޓީއޯ “ބެކް ޓު ސްކޫލް” ޕްރޮމޯޝަން ފަށައިފި

ސްކޫލްތަކުގެ ދިރާސީ އާ އަހަރާ ގުޅުވައިގެން އެސްޓީއޯއިން ކުރިއަށްގެންދާ “ބެކް ޓު ސްކޫލް” ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް އެސްޓީއޯ ޕީޕަލް ޗޮއިސްގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން ކިޔަވާ ކުދިން އަދި އާންމުންގެ ތެރޭގައި މަގުބޫލު ޑެވޮންޑޭލް ކިރުގެ އިތުރުން މި ޕްރޮމޯޝަންގެ ތެރޭގައި އެސްޓީއޯއިން އިމްޕޯޓްކޮށް ވިއްކާ ހެޕީ ކައު ޗީޒް އަދި އައި ވީ ކިރު ގަނެގެން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އެގޮތުން ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ޑެވޮންޑޭލް، ހެޕީ ކައު ޗީޒް، އަދި އައި ވީ ކިރު ގަންނަ ފަރާތްތަކަށް ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ޕްރޮމޯޝަން ނިމުމުން ރީޓެއިލް ތިން ނަސީބުވެރިން އަދި ހޯލްސޭލް ތިން ނަސީބުވެރިން ހޮވަން ވަނީ ނިންމައިފަ އެވެ.
ރީޓެއިލްގެ ނަސީބުވެރިންނަށް ކަނޑައަޅާފައިވާ އިނާމުތައް:
 
ހޯލްސޭލް ނަސީބުވެރިންނަށް ކަނޑައަޅާފައިވާ އިނާމުތައް:
 
އެސްޓީއޯއިން ބުނީ، ރީޓެއިލް ކަސްޓަމަރުންގެ ތެރެއިން ޑެވޮންޑޭލް އެއް ލީޓަރު ކިރު ޕެކެޓް އަދި ގަންނަ ކޮންމެ ހިކި ކިރު ޕެކެޓަކަށް ޑެވޮންޑޭލް ލޯގޯ ޖެހި ތައްޓެއް ލިބޭނެ ކަމަށެވެ. ނަމަވެސް މި ތައްޓަކީ ލިމިޓެޑް އެޑިޝަން ތައްޓެއްކަމުން، އޭތި ދޭނީ ސްޓޮކް ހުސްވަންދެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ