ޝައިޚަކުވީމާ އަޅުވައިގެންވެސް ކުށްވެރި، ރައީސް ނަޝީދު ވީމާ ތަފާތު! މިވަނީ ކިހިނެއްތޯ؟ ފުލުހުންނަކީ ކާނަލް ނާޒިމްގެއިން ފެނުނު ފިސްތޯލައިގެ މައްސަލައިގަ ދޮގު ރިޕޯޓް ހެދިބައެއް!

ތިމަންނާ އިސްތިއުފާދިނީ އެމްއެންޑީއެފްގެ ބޭކަލުން ބޮލުގައި ބަޑި ޖެއްސީމާ ކަމަށް ރައީސް މުޙައްމަދު ނަޝީދު ބުނެ, މުއައްސަސާގެ އަގުވައްޓާލާ، އޭގެ ސަބަބުން ބަޔަކު ލޭކެކި މުޅި ޤައުމުގައި ހުޅުޖެހީމާވެސް އެމަނިކްފާނު ޒިންމާވާން ނުޖެހިފައި, މުންކަރާތެއް މަނާކުރެއްވުމުގެ ގޮތުން ޝައިޚް އާދަމް ނިޝާން ދެއްކެވި ވާހަކައެއްގެ ސަބަބުން ބަޔަކު މީހުން މަރާމާރީ ހިންގިކަމަށް ބުނެ ޝައިޚްގެ ބޮލުގައި ޒިންމާ އަޅުވާ އެކަމުގެ މަސްއޫލިއްޔަތު ޝައިޚް އުފުއްލަން ޖެއްސުމަކީ އިންޞާފުތޯ؟ ހަމަޔާއި އިންޞާފަކީ އެކިމީހުންނަށް އެކިގޮތަށް އޮންނަ އެއްޗެއްތޯ؟ 
- ޑރ. އިޔާޟް ޑރ. އިޔާޟް ޕީޖީއަށާ ފުލުހުންނަށް
ޝައިޚް ޢާދަމް ނިޝާން އަކީ ތަކްފީރީ ހަރުކަށި ފިކުރާއި ދެކޮޅަށް ޢިލްމީ އަދި ޢަމަލީ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް. މާރާމާރީ އާއި ޞުލްޙަ މަސަލަސްކަން ނަގާލުމަށް ހިތްވަރެއް ނުދެއްވާނެ.
- ޝައިޚް މުޙައްމަދު ޝިފާން 
ޝައިޚް ދަންނަ އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެ ހަމަނުޖެހުމަކަށް ހިތްވަރު ދެއްވަފާނެ ކަމަކަށް ދިވެހި ފުލުހުންގެ އިންޓެލް ރިޕޯޓުގައިވަނީ ރަގަޅު މަޢްލޫމާތެއް ނޫން. އެއީ ކާނަލް ނާޒިމްގެ ގެ އެޕާންޓްމަންޓުގައި ފިސްތޯލައެއް އޮތްކަމަށް ބުނެ ދޮގު ރިޕޯޓް ހެދި ބަޔެއް. އެކަމުގެ ހިސްޓަރީވެސް އެބައޮތް!
- ޑރ. އިޔާޟް
ޝައިޚް ދަންނަ އެއްވެސް މީހަކިނޤަބޫލެއް ނުކުރާނެ ހަމަނުޖެހުމަކަށް ހިތްވަރު ދެއްވަފާނެ ކަމަކަށް. @PoliceMv ގެ އިންޓެލް ރިޕޯޓުގައިވަނީ ރަގަޅު މަޢްލޫމާތެއް ނޫން. އެއީ @nazim7878 ގެ އެޕާންޓްމަންޓުގައި ފިސްތޯލައެއް އޮތްކަމަށް ބުނެ ދޮގު ރިޕޯޓް ހެދި ބަޔެއް.އެކަމުގެ ހިސްޓަރީވެސް އެބައޮތް https://t.co/IhOmgNyKeJ
— Dr.Mohamed Iyaz (@dr_iyaz) August 5, 2022
ތިމަންނާ އިސްތިއުފާދިނީ @MNDF_Official ގެ ބޭކަލުން ބޮލުގައި ބަޑި ޖެއްސީމާ ކަމަށް @MohamedNasheed ބުނެ, މުއައްސަސާގެ އަގުވައްޓާލާ, އޭގެ ސަބަބުން ބަޔަކު ލޭކެކި މުޅި ޤައުުމުގައި ހުޅުޖެހީމާވެސް އެމަނިކްފާނު ޒިންމާވާން ނުޖެހިފައި, މުންކަރާތެއް މަނާކުރެއްވުމުގެ ގޮތުން….
— Dr.Mohamed Iyaz (@dr_iyaz) August 5, 2022
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ