28 އަހަރު ފަހުން ހިތާދޫގައި އައު އިންޖީނު ގެއަކުން ކަރަންޓުގެ ހިދުމަތް ދޭން ފަށައިފި
ބ. ހިތާދޫގައި 28 އަހަރު ހިދުމަތް ދެމުން ދިޔަ އިންޖީނުގެ ނިއްވާލައި މުޅިން އައު އިންޖީނުގެއަކުން އެރަށު ރައްޔިތުންނަށް މިހާރު ހިދުމަތް ދޭން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ހިތާދޫގައި މިހާތަނަށް ހިދުމަތް ދެމުން ދިޔަ އިންޖީނުގެ ބަންދު ކޮށްފައި ވަނީ އެތަނުން ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތް ފޯރު ކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވާތީ ކަމަށް ފެނަކައިން ބުންޏެވެ. ފެނަކައިން މައުލޫމާތު ދިން ގޮތުގައި އައު އިންޖީނުގޭގެ އޮފިސް ބައިގެ ބޮޑު މިނުގައި 104.56 އަކަ މީޓަރު ހުރެއެވެ. އަދި އިންޖީނުގެ 181.16 އަކަ މީޓަރު ހުރެއެވެ. މި އިންޖީނުގޭގައި ހިމެނޭ ބައިތަކުގެ ތެރޭގައި ޑެގް ރޫމާއި ކޮންޓްރޯލް ރޫމާއި ޗިމްނީ އާއި ވޯކް ޝޮޕްގެ އިތުރުން ޕޭންޓްރީ ހިމެނެއެވެ. އަދި އޮފީސް ބައިގައި ރިސެޕްޝަން އާއި އެޑްމިން އޭރިއާ ހިމެނެއެވެ. ފެނަކައިން ބުނީ އައު އިންޖީނުގެއަށް ނަގާނީ 28 މުވައްޒަފުން ކަމަށެވެ. އަލަށް ހިދުމަތް ދޭން ފެށި އިންޖީނުގެ ހުންނަނީ ހިތާދޫގެ ބަނދަރު ސަރަހައްދުގައި ކުލީބިން ނުވައަކާއި ދިމާލުން މަގެއްގެ ދެކުނުން 80 ނަންބަރު ކޮށީގައިއެވެ. މީގެ ކުރިން ބޭނުން ކުރަމުން ދިޔަ އިންޖީނުގެ ހުރީ އެ ރަށުގެ ރަށްދެބައި މަގުގައެވެ. މިހާރު ބޭނުން ކުރަމުންދާ ޖެންސެޓްސްގެ ކެޕޭސިޓީ އަކީ 400 ކިލޯ ވޮޓާއި 160 ކިލޯ ވޮޓް ކަމަށް ފެނަކައިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ