ސްޓެލްކޯއިން ކަރަންޓު ބިލު ކަސްޓަމަރުންގެ ފޯނަށް ފޮނުވަން ފަށަނީ

ސްޓޭްޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކަރަންޓު ބިލު އެ ކުންފުނީގެ ކަސްޓަމަރުންގެ ފޯނަށް ފޮނުވަން ފަށަން ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ ސްޓެލްކޯގެ ކަސްޓަމަރުންގެ ތެރެއިން މޮބައިލް ނަމްބަރު އެ ކުންފުންޏާއި ހިއްސާ ކޮށްފައިވާ ފަރާތްތަކަށް މިމަހުން ފެށިގެން ކަރަންޓު ބިލުދާނީ އެސްއެމްއެސް މެދުވެރިކޮށް ނުވަތަ ސްޓެލްކޯގެ މޮބައިލް އެޕްއަށް ކަމަށެވެ. އެކަމަކު މޮބައިލް ނަމްބަރު ހިއްސާ ނުކުރާ ފަރާތްތަކަށް ކަރަންޓު ބިލު ގޭގެ ދިރީ ބުރިއަށް ފޯރުކޮށްދޭނެ ކަމަށެވެ.
އެ ކުންފުނިން ވަނީ ސްޓެލްކޯގެ މޮބައިލް އެޕް ބޭނުން ނުކުރާ ފަރާތްތަކުން އެޕްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފައި އެވެ.
މިފިޔަވަޅު އެޅީ ކޯވިޑް-19 އާއި ގުޅިގެން މިހާރު ރާއްޖޭގައި އޮތް ހާލަތަށް ރިޔާއަތްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
Dear valued customers, Please be informed that due to Covid-19 situation, we will not be delivering printed electricity bills to customers who have provided mobile numbers to us.
We will be sending bill details by SMS and through STELCO Mobile App. 1/2
— STELCO (@STELCOMALDIVES) March 23, 2020
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ