ފުށިދިއްގަރު މައްސަލާގައި ބަދަލުގެ ގޮތުގައި ހޯދަން އެދިފައި ވަނީ 2 ބިލިއަން ރުފިޔާ

ކ.ފުށިދިއްގަރު ފަޅު މައްސަލާގައި ދިވެހި ދައުލަތާއި ދެކޮޅަށް ސިންގަޕޯރު އިންޓަރނޭޝަނަލް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި ދެ ބިލިއަން ރުފިޔާ ބަދަލަށް އެދިފައިވާކަން އެނގިއްޖެއެވެ.
ފުށިދިއްގަރު ފަޅު ކުއްޔަށް ދިނުމަށް ކެބިނެޓުން ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އެވެ. ނަމަވެސް އެއްބަސްވުމުގައި ސޮއި ކުރީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރު އެވެ.
އެގްރިމަންޓްގައި ސޮއިކޮށްފައި ނުވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބައެއް ކަންތައްތަކާއި ގުޅިގެން ދެފަރާތަށް އެކަންތައްތަކަށް އެއްބަސްވުމަކަށް އާދެވިފައިނުވާތީ ކަމަށް އޭސީސިން ބުނެއެވެ.
މި މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިފައި ވަނީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ކުންފުނިންނެވެ.
އެކުންފުނިން މައްސަލަ ހުށަހަޅާފައި ވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީ އާއި އެކުންފުންޏާއި ދެމެދު ވެވުނު ފުށިދިއްގަރުގެ ފަޅު ކުއްޔަށް ދޫކުރުމާއި ތަރައްގީ ކުރުމުގެ އެއްބަސްވުމާއި ދިވެހި ދައުލަތުން ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މައުލޫމާތެއް އާއްމުކޮށްފައިނުވި ނަމަވެސް، އެ މައްސަލާގައި ޕްރައިމް ކެޕިޓަލް މޯލްޑިވްސް އިން އެދެނީ ބަދަލުގެ ގޮތުގައި ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް ކަމަށް ވަނީ އެނގިފައެވެ.
އަދި މީގެ އިތުރުން، ފުށިދިއްގަރު މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފުނުކޮށް ބޭއްވި ކަމަށް ބުނެ، ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްގެ މައްސަލަ ތަހްގީގު ކުރުމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އަށް ވަނީ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ