އިމްރާންގެ މައްސަލަ ބަލަން އެކުލަވާލި ބެންޗު އުވާލައި، މައްސަލަ ބަލަން ގާޒީ ބާރީއާ ހަވާލުކޮށްފި

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ބަލަން އެކުލަވާލި ތިން ފަނޑިޔާރުންގެ ބެންޗު އުވާލައި، އެ މައްސަލަ ބެލުން ގާޒީ އަބްދުލްބާރީ ޔޫސުފާ ހަވާލުކޮށްފި އެވެ. އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަނީ މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އެވެ. އިމްރާން މިއަދު ކޯޓަށް ހާޒިރު ކުރަނީ: މިހާރު މައްސަލަ ބަލަނީ ގާޒީ ބާރީ އެކަނި --ހަވީރު ފޮޓޯ: ނިޝާން އަލީ އެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ ގާޒީ ބާރީ އާއި ގާޒީ އަބްދުﷲ ނަޝީދާއި ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒު ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ. އެ ބެންޗުން އެ މައްސަލައިގެ ދެ އަޑުއެހުމެއް ބާއްވާފައި ވަނިކޮށް މިއަދު ބޭއްވި އަޑުއެހުމުގައި އިންނެވީ ގާޒީ ބާރީ އެކަންޏެވެ. ގާޒީ ބާރީ ވިދާޅުވީ އެ ބެންޗު އުވާލައި، އެ މައްސަލަ އޭނާ އެކަނި ބައްލަވާ ގޮތަށް އިސްގާޒީ އަބްދުﷲ މުހައްމަދު މިއަދު ވަނީ ހަމަޖައްސަވާފައިވާ ކަމަށެވެ. އިމްރާން މިއަދު ކޯޓަށް ހާޒިރު ކުރަނީ: މިހާރު މައްސަލަ ބަލަނީ ގާޒީ ބާރީ އެކަނި --ހަވީރު ފޮޓޯ: ނިޝާން އަލީ މޭޑޭ މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ ސޮބާހު ރަޝީދާއި އެ ޕާޓީގެ ނައިބު ލީޑަރު އަމީންގެ އިބްރާހިމްގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުނެވެ. އެކަމަކު ޕީޖީން ނިންމީ އެ ބޭފުޅުންގެ މައްޗަށް ދައުވާ ނުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ