ރިޔާސީ އިންތިހާބުގެ ގަވައިދަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދެ ހަފުތާއަށް އިތުރުކޮށް ދިނުމަށް ޕީޕީއެމުން އިލެކްޝަންސް ކޮމިޝަންގައި އެދެފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޔުމްނާ މައުމޫން ސޮއި ކުރައްވާ މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީއެއްގައި ބުނަނީ ރިޔާސީ އިންތިހާބުގެ ގަވައިދަށް ހިޔާލު ހުށަހަޅަން ހުޅުވާލައި މިހާރު ދީފައިވާ މުއްދަތަކީ އެފަދަ މުހިންމު ގަވައިދަކަށް ސިޔާސީ ޕާޓީއަކުން އިސްލާހު ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ކަމަށް ޕީޕީއެމުން ގަބޫލު ނުކުރާ ކަމަށާއި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ހަރަކާތްތަކުގައި ޕާޓީގެ މެންބަރުންނާއި ކައުންސިލް މެންބަރު އަވަދިނެތި އުޅެމުން އެ ގަވައިދު ބަލައި ދިރާސާކޮށް މިހާރު ދީފައިވާ މުއްދަތުގައި ހިޔާލު ހުށަހަޅަން ދަތި ކަމަށެވެ.
އަދި ބުނެފައި ވަނީ އެ ގަވައިދުގެ ޑްރާފްޓަށް އިސްލާހު ހުށަހެޅުމަށް ޕާޓީގެ ކައުންސިލް މެންބަރުންނާއި ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ބެއްލެވުމަށް ހިޔާލު ހުށަހެޅުމުގެ މުއްދަތު ދެ ހަފުތާއަށް އިތުރު ކޮށްދިނުމަށެވެ.
ރިޔާސީ އިންތިޚާބުގެ ގަވާއިދަށް އިސްލާހު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ހިޔާލު ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހާ ހަމައަށެވެ. ހުޅުވާލާފައިވަނީ ސިޓީއާ ފެކްހާއި އީމެއިލް މެދުވެރިކޮށް ވެސް އިސްލާހު ހުށަހެޅޭ ގޮތަށެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވޯޓްލާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.
ރިޔާސީ އިންތިހާބުގެ ގަވައިދަށް އިސްލާހު ހުށަހަޅަން ދެ ހަފުތާ ދިނުމަށް ޕީޕީއެމުން އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ