ޓްރާންސްފޯމަރެއް ހޫނުވެ އެއާރޕޯޓު ފިއުލް ފާމް ސަރަހައްދުން ކަރަންޓު ހިނގައްޖެ

އިބްރާހީމު ނާސިރު އިންޓަނޭޝަނަލް އެއާރޕޯޓުގެ އިންޖީނުގޭގައި ހުރި ޓްރާންސްފޯމަރެއް ހޫނުވެ ކަރަންޓު ކެނޑުމުގެ ސަބަބުން އެއާރޕޯޓު ފިއުލް ފާމް ސަރަހައްދުން 45 މިނުޓެއްހާއިރަށް ކަރަންޓު ކަނޑައިގެން ހިނގައްޖެއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 11:45 ހާއިރު ފިއުލް ފާމް ސަރަހައްދުން ކަރަންޓު ކަނޑައިގެން ގޮސްފައިވަނީ އިންޖީނުގޭގައި ހުރި އެލިޓް ޓްރާންސްފޯމަރެއް ހޫނުވުމުގެ ސަބަބުންނެވެ. ކަރަންޓު ކަނޑައިގެން ދިޔަ ނަމަވެސް އެއާރޕޯޓުގެ އެއްވެސް ހިދުމަތަކަށް ބުރޫ އަރާފައި ނުވާ ކަމަށް އެއާރޕޯޓު ހިންގަމުން ގެންދާ ޖީއެމްއާރުން ބުނެއެވެ.
ޖީއެމްއާރުން މައުލޫމާތުދޭ ގޮތުގައި އެފަދަ އިތުރު ކަމެއް ތަކުރާރު ވިޔަ ނުދިނުމައްޓަކާ އެކަންތައްތައް ހިންގާ ދިޔަ ގޮތް ބެލުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ