ކުރީގެ މެމްބަރު މުޖުތާޒް، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި މުހަންމަދު މުޖުތާޒް، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް މިއަދު އައްޔަންކުރައްވައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވަނީ އެކަން ޓުވިޓާގައި އިއުލާންކުރައްވާފަ އެވެ. President Yameen appoints Mr. Mohamed Mujuthaaz as the Minister of State for the President's Office — Ibrahim Muaz Ali (@SpokespersonMV) June 8, 2014 ތަރުޖަމާނުގެ ޓުވީޓް ޑީއާރުޕީގެ ޓިކެޓްގައި އޭރުގެ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރެއްވި މުޖުތާޒް ވަނީ ފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ. އޭނާ ހިމެނެނީ ޕީޕީއެމާ އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވި މަޖިލިސް މެމްބަރުންގެ ތެރޭގަ އެވެ. މިދިޔަ މާޗު މަހު ބޭއްވި މަޖިލިސް އިންތިޚާބުގައި މުޖުތާޒް ވާދަކުރައްވާފައެއް ނުވެ އެވެ. ރައީސް އޮފީހުގައި މިވަގުތު ސްޓޭޓް މިނިސްޓަރަކު ނުހުންނަވަ އެވެ. އެހެން ނަމަވެސް ދެ މިނިސްޓަރުން ތިއްބަވަ އެވެ. އެއީ މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި އަބްދުﷲ އަމީން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ