25 އަހަރަށް ތަރައްގީކޮށް ހިންގުމަށް އިންޑިއާގެ ޖީއެމްއާރު ކޮންސޯޓިއަމާއި ކުރީގެ ސަރުކާރުން ހަވާލުކޮށްފައިވާ އިބުރާހީމު ނާސިރު އިންޓަނޭޝަނަލް އެއާރޕޯޓު އަތުލުމަށްފަހު ނޫނީ ހުއްޓާނުލާނެ ކަމަށް ސަރުކާރު އިއްތިހާދުން ބުނެފިއެވެ.
އިއްތިހާދުން ސަރުކާރާއި ހަވާލުވި ފަހުން ޖީއެމްއާރާއި ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ ފުރަތަމަ އެއްވުން އިއުލާން ކުރުމަށް ސްޓެލްކޯގެ އޮޑިޓޯރިއަމުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ޝޭހު އިމްރާނު އަބުދުﷲ ވިދާޅުވީ ރައީސް ނިއުޔޯކަށް ފުރާ ވަޑައިގަންނަވަމުން ރަނގަޅު މެސެޖެއް ދެއްވާފައިވާ ކަމަށާއި، ޖީއެމްއާރު މައްސަލައާއި ގުޅިގެން އުފައްދާފައިވާ ކޮމިޓީތަކުން އެއްބަސްވުން އުވާލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެން ކަމުން އެމަސައްކަތަށް އެއްބާރުލުން ދޭން ތައްޔާރަށް ތިބި ކަމަށް ވެސް އިމުރާނު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ މަންދޫބު ފުއާދު ގާސިމު ވިދާޅުވީ، އެއާރޕޯޓުގެ ބަދަލުގައި 700 މިލިޔަން ޑޮލަރު ދޭން ޖެހޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ގަބޫލު ނުކުރާ ކަމަށާއި އެއްބަސްވުމަކީ ބާތިލު އެއްޗަކަށްވާތީ ޖީއެމްއާރަށް އެއްވެސް އެއްޗެއް ދޭން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ފުއާދު ވިދާޅުވީ 700 މިލިޔަން ރުފިޔާއަކީ އެމްއޭސީއެލްއިން ލަފާކޮށްފައިވީ ނަމަވެސް ސިންގަޕޫރުގެ ފާމަކުން ބެލިބެލުމުން 400 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ދޭން ނުޖެހޭނެ ކަމަށް އެފާމުން ބުނެފައިވާ ކަމަށެވެ.
ބުރާސްފަތި ދުވަހުގެ އެއްވުމަށްފަހު ސިލްސިލާކޮށް ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް އިއްތިހާދުން ބުނެއެވެ.
އެއާރޕޯޓު އަތުލުމަށްފަހު ނޫނީ ހުއްޓައެއް ނުލާނަން: އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ