އަލްމަރްހޫމް ޑރ.އަފްރާޝީމް އަލީ އާއި މީގެ ތިންހަފްތާކުރިން ބައްދަލުވި ކަމަށާއި އެމްޑީޕީއަށް ވަދެވަޑައި ގަންނަވާ ވާހަކައެއް ނުދައްކަވާ ކަމަށާއި ނަމަވެސް އެހެން ޕާޓީއަކަށް ވަދެވަޑައިގަންނަވާނަމަ ވަދެވަޑައިގަންނަވަން އެންމެ ރަނގަޅު ޕާޓީއަކީ އެމްޑީޕީ ކަމަށް އަބަދުވެސް ވިދާޅުވާކަމަށް ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.
ޑރ.އަފްރާޝީމް އެމްޑީޕީއަށް ވަންނަން އެދެނުތޯ ނޫސްވެރިއަކު ކުރި ސުވާލަކާއި ގުޅިގެން ރައީސް ނަޝިދު އިތުރަށް ވިދާޅުވީ ޑރ. އަފްރާޝީމްއަކީ ރައީސް މައުމޫންއަށް ވަރަށް ބޮޑަށް އިހުތިރާމް ކުރައްވާ ބޭފުޅެއްކަމަށާއި އެހެންކަމުން ރައީސް މައުމޫން ހުންނަވާ ޕާޓީއެއްގައި ހުންނަވަން ވަރަށް ބޭނުންވެވަޑައިގަންނަވާ ބޭފުޅެއްކަމަށާއި ނަމަވެސް ރައީސް މައުމޫން ސިޔާސީ މައިދާނުން ދުރުވެވަޑައިގެންފިނަމަ ޑރ.އަފްރާޝީމް ދެން ސިޔާސީގޮތުން ކުރިއަށް ވަޑައިގަންނަވަން އެންމެ ރަނގަޅީ އެމްޑީޕީކަމަށް ވިދާޅުވެފައިވާކަމަށެވެ.
"މަރްހޫމް ޑރ.އަފްރާޝީމް އަބަދުވެސް ވިސްނަވާ ސިޔާސީ މައިދާނުން ރައީސް މައުމޫން ދުރުވެވަޑައިގެންފި ނަމަ ދެން އެބޭފުޅާގެ ސިޔާސީ ހަޔާތްކުރިއަށްގެންދާނެ ގޮތަކާއިމެދު، އެގޮތުން އެމްޑީޕީއާ ގުޅުމަށް ވަރަށް ބޮޑަށް ވިސްނަވާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
"މަރްހޫމް ޑރ.އަފްރާޝީމްއަކީ އަބަދުވެސް ވަރަށް ހަރުދަނާކޮށް ވާހަކަދައްކަވާ އަދި ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް ވަރަށް ގިނަ ނަސޭހަތް ދެއްވާފައިވާ ބޭފުޅެއް" ނަޝީދު ވިދާޅުވިއެވެ.
އިތުރަށް ނަޝީދުވިދާޅުވީ މަރްހޫމް ޑރ.އަފްރާޝީމު އަވަހާރަކޮށްލާފައިވާ ހަބަރު ލިބުމާއި ގުޅިގެން ޑރ.އަފްރާސީމްގެ ހުވަފެން އަނބިކަނބަލުންނަށް ގުޅުއްވާ އެހިތާމާގައި ބައިވެރިވާ ވާހަކަ ދެންނެވިންކަމަށާއި އަދި އަފްރާސީމްގެ ސިޔާސީ މަސައްކަތުގައި އަފްރާޝީމްގެ އަނބިކަނބަލުން ނިކުމެވަޑައިގަންނަވާކަމަށްވަނީނަމަ އެމްޑީޕީން ވާދަކުރުމާއި ގުޅޭގޮތުން ދެވަނަ ވިސްނުމަކަށް ދާނެކަމަށް ދެންވިންކަމަށާއި އެހެންނަމަވެސް މިވަގުތު އެކަހަލަ ކަމަކަށް ވަޑައިގަންނަވަން ތައްޔާރުނޫންކަމަށް ފާހަގަ ކުރެވުނުކަމަށްވެސް ރައީސް ނަޝީދު ނޫސްވެރިއަކު ކުރިސުވާލަކާއި ގުޅިގެން ވިދާޅުވިއެވެ.
އެމްޑީޕީގެ ފަރާތުން އުނގޫފާރުދާއިރާއަށް ކުރިމަތިލައްވާ ޑރ.އަސްރަފް އާއި ބެހޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ޑރ.އަސްރަފްއަކީވެސް އުނގޫފާރު ބޭފުޅެއްކަމަށާއި، އަދި އެބޭފުޅާވެސް އުނގޫފާރު ދައިރާގެ ރައްޔިތުންގެ ހައްގުގައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ޑރ.އަސްރަފް އަޅުގަނޑުގާތު ވިދާޅުވި ރައްޔިތުންގެ މަޖިލީހަށް އެބޭފުޅާ ކުރިމަތި މިލައްވަނި ޑރ.އަފްރާޝީމްގެ ގާތިލު ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރެއްވުމަށޭ، މިހާތަނަށް އައިއިރުވެސް އިންސާފެއް ހޯދާދެވޭ ގޮތެއްނުވި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އަލްމަރްހޫމް ޑރ.އަފްރާޝީމް އަލީ އެމްޑީޕީއަށް ޝައުގުވެރިކަން ފާޅުކޮށްފައިވޭ: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ