ކުރިއަށް އޮތް ރިޔާސީއިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ރައިސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި އިލެކްޝަން ކޮމިޝަން ފޯމް ހުށަހަޅުއްވައިފިއެވެ.
ރައީސް ވަހީދު ފޯމް ހުށަހެޅުއްވީ މިއަދު 1.30 ގައެވެ. މިރަސްމިއްޔާތުގައި އެމަނިކުފާނުގެ ރަނިންމޭޓު އަހުމަދު ތަސްމީނު އަލީއާއި ޕޮލިޓިކަލް އެޑްވައިޒަރު އަދި އިންތިހާބީ އެޖެންޓު އަހުމަދު ތައުފީގުގެ އިތުރުން ރައީސް އޮފީހުގެ ބައެއް ވެރިން ބައިވެރިވވަޑައިގެންނެވިއެވެ.
ފޯމު ހުށަހެޅުމަށް ބޭއްވި ރަސްމިއްޔާތަށްފަހު އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ފޯމު ބަލައިގަނެފައިވާ ކަމަށާއި ޝަރުތު ފުރިހަމަވާކަން ވީ އެންމެ އަވަހަކަށް އަނގަވާނެ ކަމަށެވެ. އިންތިހާބައި ބެހޭ ގާނޫނުތައް ބުނާ ގޮތުން ހުށަހަޅާތާ 48 ގަޑި އިރުގެ ތެރޭގައި އެކެންޑިޑޭޓެއްގެ ޝަރުތު ފުރިހަމަވާ ނަމަ ނުވަތަ ނުވާ ނަމަވެސް އެކަމެއް އަންގަން ވާނެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ވަހީދު ފޯމް ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ