ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތިމަރަފުށީ ދާއިރާއާއި ކުރެންދޫ ދާއިރާގެ އިންތިހާބު ބާތިލްކުރަން ހައި ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
ތިމަރަފުށި ދާއިރާގެ އިންތިހާބު ބާތިލްކުރަން ކޯޓަށް ހުށަހެޅީ ސަރުކާރު ކޯލީޝަންގެ ފަރާތުން ޕީޕީއެމްގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރެއްވި އަހްމަދު ޝަރީފް އެވެ. އޭނާ އަކީ މިހާރު ވެސް އެދާއިރާގެ މެންބަރު އެވެ. ތިމަަރަފުށި ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ހުށަހެޅިއިރު އެ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވި މުހައްމަދު މުސްތަފާ ވަނީ މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހު ޕީޕީއެމަށް ސޮއިކުރައްވާފަ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓެއްގަ އެވެ. ޝަރީފަށް އިންތިހާބު ނާކާމިޔާބުވީ މުސްތަފާއަށް ވުރެ މަދުން ނުވަ ވޯޓް ލިބިވަޑައިގަތުމުންނެވެ.
ހައިކޯޓުން މިއަދު ބުނީ ކުރެންދޫ ދާއިރާގެ އިންތިހާބު ބާތިލްކޮށްދިނުމަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ހުށަހެޅި ފަރާތެއް ހައިކޯޓަކުން ބުނެފަ އެއް ނުވެ އެވެ. ކުރެންދޫ ދާއިރާއަށް ސަރުކާރު ކޯލީޝަންގެ ފަރާތުން ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވީ އެ ދާއިރާގެ މެންބަރުކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ އަހްމަދު މޫސާ އެވެ. އޭނާއަށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އަބްދުލް ބާރީއާ ވާދަކުރައްވާ ހަތް ވޯޓުގެ ތަފާތުންނެވެ.
ހައިކޯޓުގެ އޮފިޝަލަކު ވިދާޅުވީ މި ދެ މައްސަލަ ވެސް މިހާރު ކޯޓުން ބަލައިގެންފައިވާ ކަަމަށެވެ.
މީގެ ކުރިން ހައިކޯޓަށް ވަނީ ފުނަދޫ ދާއިރާއާއި ހިތަދޫ މެދު ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ވެސް ހުށަހަޅާފަ އެވެ. މި ދެ މައްސަލަ ވެސް ކޯޓުން ވަނީ ބަލައިގެންފަ އެވެ. އަދި ހިތަދޫ މެދު ދާއިރާގެ އިންތިހާބު ބާތިލްކުރަން ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވަނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 11:15 އަށް ތާވަލް ވެސް ކޮށްފަ އެވެ.
ކުރެންދޫ އާއި ތިމަރަފުށި ދާއިރާގެ އިންތިހާބު ބާތިލްކުރަން ހައިކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ