ކޮވިޑާ ކުރިމަތިލަމުން ވެސް ހިތްތައް ބޭނުންކޮށްގެން ހިތުގެ ބަލިތައް ބަލިކުރައްވާ!: ރައީސް

ކޮވިޑް-19ގެ ވަބާއާ ކުރިމަތިލަމުން ވެސް ހިތްތައް ބޭނުންކޮށްގެން ހިތުގެ ބަލިތައް ބަލިކުރެއްވުމަށް މސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ހިތުގެ ދުވަހާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑާ ގުޅިގެން ދިރިއުޅުމުގެ ދުވެލި މަޑު ވެ، ކޮންމެ ދުވަހަކު ވެސް ހާސްވުމާއި ކަންބޮޑުވުން ތަޖުރިބާ ކުރަން ޖެހިފައިވާ ކަމަށެވެ. އެއާއެކު ވެސް ހަރަކާތްތެރިކޮށް އުޅުމަށާއި ސިއްހަތަށް ފައިދާހުރި ދިިރިއުޅުމުގެ އާދަތަކަށް އިސްކަން ދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
"މި ވަބާގެ ތޫފާނާ ކުރިމަތިލަމުން ވެސް ހިތްތައް ބޭނުންކޮށްގެން ހިތުގެ ބަލިތައް ބަލިކުރައްވާ!،" ޓައިނީ ހާޓްސްގެ ޓުވިޓާ އެކައުންޓް ޓެގުކުރައްވައި ރައީސް ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ބައިނަލްއަގުވާމީ ފެންވަރުގައި ހިތުގެ ދުވަސް ފާހަގަކުރަނީ ހިތުގެ ބަލިތަކަށް އާންމުން ހޭލުންތެރިކުރުވުމަށެވެ.
ކާޑިއޯވަސްކިއުލާ ޑިޒީސް (ސީވީޑީ) އަކީ ދުނިޔެއިން އެންމެ ގިނަ މީހުން މަރުވާ ބައްޔެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން، ހަކުރު ބަލި، ލޭ މައްޗަށް ދިއުން، މާ ބޮޑަށް ފަލަވުން، ވައި ތަޣައްޔަރުވުން ފަދަ ކަންކަމަކީ އެ ބަލި ޖެހޭ ބައެއް ސަބަބުތަކެވެ.
ދުނިޔޭގެ ހިތުގެ ދުވަހާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓުވީޓް ---
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ