ނަޔާ ގެނބުމުގެ ކުރިން 4 އަހަރުގެ ދަރިފުޅު ސަލާމަތްކުރި

"ގްލީ" ގެ ލީޑްރޯލުން ފެނިގެން ދިޔަ މަޝްހޫރު ތަރި ނަޔާ ރިވެރާގެ ފުރާނަ ނެތް ހަށިގަނޑު އިއްޔެއްގެ ވަގުތެއްގައި ކޯރުގެ ތެރެއިން ފެނިފައި ވާއިރު، އޭނާ ގެނބުމުގެ ކުރިން 4 އަހަރުގެ ދަރިފުޅު ސަލާމަތްކުރި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.
މިހާތަނަށް ކުރި ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި ނަޔާ ވަނީ ގެނބުމުގެ ކުރިން އޭނާގެ ދަރިފުޅު ސަލަމާތް ކޮށްފައެވެ. ނަޔާގެ 4 އަހަރުގެ ދަރިފުޅު ޖޯސޭ ބުނީ މަންމަ ގެއްލުނީ އެމީހުންގެ ދަތުރުކުރި ބޯޓަށް އޭނާ ލުމަށް ފަހު އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ނަޔާ ގެނބުނީ އަމިއްލަ ދަރިފުޅު ސަލާމަތްކުރާން ކުރި މަސައްކަތުގެ ތެރޭގައި ހަކަތަ ހުސްވެ، އަމިއްލަ މީހާ ސަލާމަތް ކުރާނެ ހަކަތަ ނެތިގެންނެވެ.
އެހިސާބުން ދަތުރުކުރި ބޯޓަކަށް ނަޔާގެ ދަރިފުޅު ފެނުނީ ބޯޓްގައި ނިދާފައި އޮއްވައެވެ. ނަޔާ އަދި އޭނާގެ ދަރިފުޅު ފަތަން ދިޔަ ހިސާބަކީ ކޯރުގައި މީހުންނަށް ފަތަން ދާން ހުއްދަ ދީފައި އޮންނަ ހިސާބެކެވެ. ނަޔާގެ އާއިލާގެ މީހުން ވަނީ އެދެމީހުން އެ ބޯޓުގައި ތިއްބައި ވީޑިއޯ ކޯލު މެދުވެރިކޮށް ވާހަކަވެސް ދައްކައިފައެވެ. ތަހުގީގު ކުރި ޓީމުން ވަނީ ނަޔާ ހޯދުމުގެ މަސައްކަތް ކުރި އިރު އެ ވީޑިއޯ ބަލައިފައެވެ.
ކޯރުން ފެނުނު ހަށިގަނޑަކީ ނަޔާގެ ހަަށިގަނޑުކަން ޔަގީންވެފައިވާ ކަމަށް ތަހުގީގު ކުރި ފަރާތްތަކުން ވަނީ ބުނެފައެވެ.
ނަޔާ ގެއްލުނީ މީގެ 7 ދުވަސް ކުރިން ދަރިފުޅު ގޮވައިން ލޮސްއެންޖަލްސްގެ ލޭކް ޕިރޫއަށް ބޯޓު ދުއްވާލަން ގޮސް އުޅެނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ