ކުރިމިނަލް ކޯޓުން ނިންމި ނިންމުމުގައިވާ ގިނަ ކަންތައްތަކަކީ އޭނާ ދެއްކެވި ވާހަކަތަކެއްގެ މައްޗަށް ބިނާވެފައިވާ ނިންމުމެއް ނޫން - އަދީބު

ކުރިމިނަލް ކޯޓުން ނިންމި ނިންމުމުގައިވާ ގިނަ ކަންތައްތަކަކީ އޭނާ ދެއްކެވި ވާހަކަތަކެއްގެ މައްޗަށް ބިނާވެފައިވާ ނިންމުމެއް ނޫންކަމަށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވިދާޅުވެއްޖެއެވެ. 
އަދީބު މިހެން ވިދާޅުވީ އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައި އޮއްވާ ބޭރުކޮށްލި ހިޔާނާތް ވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރައްވެއްވުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާގެ އިސްތިއުނާފް ގެ މިއަދުގެ އަޑުއެހުމުގައެވެ.
އަދީބު ވިދާލުވީ ކުރިމިނަލް ކޯޓުން ނިންމި ނިންމުމުގައިވާ ގިނަ ކަންތައްތަކަކީ އޭނާ ދެއްކެވި ވާހަކަތަކެއްގެ މައްޗަށް ބިނާވެފައިވާ ނިންމުމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ކުރީގެ ޕީޖީ އައިޝަތު ބިޝާމް އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އޭނާއަށް ޓޯޗާ ކުރެއްވި ކަމަށް ނިންމުމުގައި ބުނެފައިވީ ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅިވި އެވެ. އަދި އޭނާއަށް ޓޯޗާއެއް ކޮށްފައިނުވާ ކަމަށާއި އެމްއެމްޕީއާރްސީގެ މައްސަލާގައި ދައުލަތަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
އިއުތިރާފުގެ އެއްބަސްވުމުގައި ސޮއިިކުރެއްވީ މަޖުބޫރު ކޮށްގެން ކަމަށް ކޯޓުގެ ނިންމުމުގައި އޮތަސް، އެފަދަ އެއްވެސް މަޖުބޫރީ ހާލަތެއް ކުރިމަތިވެފައިވާ ނުވާ ކަމަށެވެ. ތަހުގީގަށް އެއްބާރުލުން ދޭން އިސްވެ ހުށަހެޅުއްވީ ވެސް އަމިއްލަފުޅަށް ކަމަށާއި މިހާރު ވެސް ތަހުގީގަށް އެއްބާރުލުން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ތަހުގީގަށް އެއްބާރުލުން ނުދިނުމަށް ނުވަތަ އެ ނޫން ގޮތަކަށް ދޭހަވާ ފަދައަކުން ވާހަކަ ދެއްކެވިފައިވާ ނަމަ އެ ވާހަކަފުޅުތައް އަނބުރާ ގެންދަވާ ކަމަށްވެސް އަދީބު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ