ސަލާމަތީ ކަންކަން ފުރިހަމަ ނުވާ ކަނޑު އުޅަނދުތަކެއް ހުއްޓުވައިފި

ފިޠުރު އީދު ބަންދާއި ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން އޮޑި ދޯނި ފަހަރު ބަލާ ފާސްކުރުމުގެ ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 84 އުޅަނދެއް ބަލައިފާސްކުރެވުނު ކަމަށާއި، އެ އުޅަނދުތަކުގެ ތެރެއިން ސަލާމަތީ ކަންކަން ފުރިހަމަ ނުވާ ފަސް އުޅަނދެއް ދަތުރުކުރުން ހުއްޓުވާފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެމްއެންޑީއެފް ކޯސްޓްގާޑުން އޮޑި ދޯނި ފަހަރު ބަލާ ފާސްކުރުމަށް މި މަހުގެ 21 ވަނަ ދުވަހު ފެށި ޕްރޮގްރާމްގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރިއަށްދާއިރު، މިއީ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއްްކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންތައްތައް ފުރިހަމަ ކުރެވިފައިވޭތޯ ބަލާނެއެވެ.
އަދި މީގެ ތެރޭގައި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއި، މެރިން ވީއެޗްއެފް ޗެކް ކުރުމާއި އަދި އުޅަނދުގައި މީހުން އުފުލުމަށް ކަނޑައެޅިފައިވާ އަދަދަށް ވުރެ ގިނައިން މީހުން އުފުލާތޯ ބެލުމުގެ އިތުުރުން، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށްވަނީ ހަމަޖެހިފައެވެ.
މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް މި ޕްރޮގްރާމް ކުރިއަށްދާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ