ރައީސް ޔާމީންގެ އަންދާ ގާނޫނުން ގޮނޑި ގެއްލިއްޖެކަމަށް އިއުލާންކުރުމުން އަންނަނީ ހިނި: އަބްދުﷲ އަހުމަދު

ރައީސް ޔާމީންގެ އަންދާ ގާނޫނުން ގޮނޑި ގެއްލިއްޖެ ކަމަށް އިއުލާން ކުރުމުން އަންނަނީ ހިނި ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
Dhivehi Jumhooriyyaage QA gaivaa gothuge mathin Rayyithun inthikhaabu koffaivaa magaamugai alhugandu dhemi ebahurin. 1/2
އިލެކްޝަންސް ކަމިޝަނުން އަބްދުﷲ ގެ ގޮނޑި ގެއްލިޖެ ކަމަށް ކަނޑައެޅުމުން އަބްދުﷲ އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުން އިންތިހާބު ކޮށްފައިވާ މަގާމުގައި ދެމިހުންނެވި ކަމަށެވެ.
''RY" ge Andhaa Qaanoon in Gondi gellijje kamah iulaan kurumun annanee hini. Dhen Emmen . @ahmed_nihan @mshainee @Banafsaa. 2/2
އަބްދުﷲ އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ އަންދާ ގާނޫނުން ގޮނޑި ގެއްލިއްޖެ ކަމަށް އިއުލާން ކުރުމުން އަންނަނީ ހިނި ކަމަށާއި ދެން އަތްޖަހަންވީ ކަމަށެވެ. އެ ޓްވީޓުގައި އޭނާ ވަނީ ނިހާން އާއި ޝައިނީއާއި އަބްދުއްރަހީމް ވެސް ޓެގްކުރައްވާފައެވެ.
މެންބަރު އަބްދުﷲ ގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާއިރު، ޖުލައި މަހުގެ 10 ވަނަ ދުވަހު އޭނާ ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެންފަ އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ