ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މި ވަގުތު ދަތުރު ނުކުރެއްވުމަށް ސިންގަޕޫރުން އޭނާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވާފައިވާތީ، ގާސިމް ސިންގަޕޫރު އެއާލައިންގެ ފްލައިޓަށް އަރުވަން އެއެއާލައިނުން ދެކޮޅު ހަދާފައިވާ ކަމަށް އޭނާގެ ގާތް މީހަކާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.
ގާސިމް ފުރާވަޑައިގަތުމަށްޓަކައި ސިންގަޕޫރުގެ އެއާޕޯޓަށް ވަޑައިގެން ޑޮކްޓަރުގެ ލިޔެކިޔުންތައް ސިންގަޕޫރު އެއާލައިންސަށް ދެއްކެވުމުން، އެ އެއާލައިންސްގެ ބޯޓެއްގައި ފުރާވަޑައިނުގެންނެވޭނެ ކަމަށް ބުނި ކަމަށް ގާސިމްގެ ގާތް ބޭފުޅަކު ވަނީ ވިދާޅުވެފައެވެ.
ގާސިމްގެ ހިތުގެ އޮޕަރޭޝަން މި މަހުގެ 20 ގައި ކޮށްފައިވާއިރު، އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގައި މަޑުކުރައްވަން ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ. އެހެންކަމުން ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އާއިލާއިން ވަނީ އެދިފަ އެވެ. އެކަމަކު މުއްދަތު އިތުރު ކޮށްދެވެން ނެތް ކަމަށާއި އެނބުރި ރާއްޖެ ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ އަންގާފައެވެ.
ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ ގާސިމްގެ ސިންގަޕޫރަށް ފޮނުވާލާފައިވަނީ 10 ދުވަހަށެވެ. އޭގެފަހުން 10 ދުވަހުގެ މުއްދަތެއް އިތުރުކޮށްދީފައިވެއެވެ. އެ މުއްދަތު ހަަމަވާނީ މާދަމާ އެވެ.
ގާސިމް ފްލައިޓަކަށް ނޭރުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ